ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 05:19
ގްރޭސް މުގާބޭ
ގްރޭސް މުގާބޭ
އޭޕީ
ދެކުނު އެފްރިކާ
ގްރޭސް މުގާބޭ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި
ހައްޔަރުކުމުގެ އަމުރު ނެރިފައިވަނީ މޮޑެލްކުރާ ކުއްޖަކަށް ހަމަލާދެއްވި މައްސަލައިގައި

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ މޮޑެލްކުރާ ކުއްޖަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރުމަށް ދެކުނު އެފްރިކާއިން ކޯޓު އަމުރެއް ނެރެފިއެވެ.

ކޯޓު އަމުރެއް ނެރިފައިވާކަން ކަށަވަރުކޮށް ފުލުހުންގެ ތަރުޖަމާނާއި ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ ގްރޭސް މުގާބޭ ހައްޔަރުކުރަން އިންޓަރޕޯލްގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ގްރޭސް މުގާބޭ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނީ ގެބްރިއެލާ އެންޖެލްސް ނަމަކަށް ކިޔާ މޮޑެލްކުރާ ކުއްޖާއަށް ހަމަލާދިނުމުގެ މައްސަލާގައި އެވެ. ގްރޭސް އެ ކުއްޖާއަށް ހަމަލާދީފައި ވަނީ މިދިޔަ އަހަރު ޖޮހަނަސްބާގަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގައެވެ. 

ގްރޭސް މުގާބޭ އެ އަންހެން ކުއްޖާއަށް ހަމަލާދިނުމުގެ ސަބަބުން އޭނާގެ ނިތްކުރި ފަޅައިގެންގޮސް މޫނަށް ޒަޚަމްތަކެއް ލިބުނެވެ. ނަމަވެސް އޭރު ދެކުނު އެފްރިކާގެ ސަރުކާރުން ގްރޭސްއަށް ހިމާޔަތްދީފައި އޮތުމުގެ ސަބަބުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް