Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 18:08
ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް އިންސްޕެކްޓަރ އިޒްމިއާ ޒާހިރު (ކ)
ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް އިންސްޕެކްޓަރ އިޒްމިއާ ޒާހިރު (ކ)
ޕޮލިސް
ފުލުހުންގެ ސްޕޯކްސްޕާސަން
ފުލުހުންގެ ފުރަތަމަ އަންހެން ސްޕޯކްސްޕާސަނަކަށްް އިޒްމިއާ
އޭނާ ވަނީ ސިންގަޕޫރުން މާސްޓާސް ހާސިލުކޮށްފައި
އޭނާއަކީ ސީނާ ޒާހިރުގެ ދަރިކަނބަލެއް
ބޭނުންވަނީ މީޑީއާ އާއި އާންމުންނާ ގާތް ގުޅުމެއް ބޭއްވުން: އެމްސީ

ފުލުހުންގެ ސްޕޯކްސްޕާސަނަކަށް ޗީފް އިންސްޕެކްޓަރ އިޒްމިއާ ޒާހިރު އައްޔަން ކުރައްވައިފިއެވެ.

މިއީ ފުލުހުންގެ ސްޕޯކްސްޕާސަނަކަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ސްޕޯކްސްޕާސަނަކަށް އިޒްމިއާ އައްޔަން ކުރެއްވުމަށް ފަހު އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްމިއާއަކީ ސިންގަޕޫރުގެ ނެޝަނަލް ޕޮލިސް އެކަޑަމީން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފުލުހެއް ކަމަށެވެ.

އެމްސީ ހަމީދު ވިދާޅުވީ ފުލުހުންގެ މަގުސަދަކީ މީޑީއާ އާއި އާންމުންނާ އެކު ގާތް ގުޅުމެއް ބާއްވައި ރަނގަޅު މަސައްކަތެއް ކުރުން ކަމަށެވެ.

ފުލުހުންގެ ސްޕޯކްސްޕާސަނަށް އައްޔަން ކުރެއްވި އިޒްމިއާއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރުގެ ދަރިކަނބަލެކެވެ. އަދި އޭނާއަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ކޮއްކޯފުޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ޑިސެންބަރ 2018 | ބުދަ 17:10
ރައްޔިތުން މައުލޫމާތަށް
ތީދެން މާމޮޅުކަމެއްނޫން، ރައްޔިތުން މައުލޫމާތަށް އެދުނީމާ، ސަލާމަތަށް ޓަކައިއޭ މައުލޫމާތު ހާމަކުރެވޭކަށް ނެތޭބުނީމަ ނިމުނީ