Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 15:31
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
ޓްވިޓަރ
އިލެކްޝަން ކޮމިޝަން
އަލަށް އުފައްދާ ދެ ސިޔާސީ ޕާޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީ އިން ދީފި
ހުއްދާ ދީފިކަން އިއުލާން ކޮށްފައި ވަނީ ބުދަ ދުވަހު

އަލަށް އުފައްދާ ދެ ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.  

ބުދަ ދުވަހު އިލެކްޝަން ކޮމިޝަނުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައި ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކޮރެޓް (އެމްޓީޑީ) ގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކޮރެޓިކް (އެމްއެލްއެސްޑީޕީ) އަށެވެ.

 

 

އިލެކްޝަން ކޮމިޝަނުން މި ޕާޓީތަކުގެ ޖަލްސާތައް ބާއްވަން ހުއްދަ ދީފައިވާއިރު، އަލަށް ސިޔާސީ ޕާޓީއެއް އުފައްދާ ނަމަ ތިންމަސް ތެރޭ އެންމެ މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ 10000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. އެމްޓީޑީ އިން އެ ޕާޓީގެ މެމްބާރޝިޕް ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައި ވަނީ އަންގާރަ ދުވަހުއެވެ .

އެމްޓީޑީގެ ނަމުގައި ޕާޓީއެއް ހަދަން އިލެކްޝަން ކޮމިޝަނުން މިދިޔަ ނޮވެމްބަރު މަހު ދީފައިވާއިރު އެ ޕާޓީ އަށް ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއެވެ.

އަންނަ އަހަރު މާޗް މަހު އޮންނަ ރައްޔިތުންގެ މަޖީލިސް އިންތިހާބަށް އެޕާޓީން ކެންޑިޑޭޓުން ނެރޭނެ ކަމަށް ޕާޓީގެ މުސްތަޝާރު އިސްމާއިލް އާސިފް ވަނީ ވިދާޅުވެފައިއެވެ.

މީގޭ އިތުރުން އެޕާޓީން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރާނެ ކަމަށް ވެސް އާސިފް ވަނީ ވިދާޅުވެފައެވެ. މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްވެ ހުންނަވާ އުފައްދާފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ދީފައި ވަނީ މި އަހަރު އޮގަސްޓް މަހުއެވެ. އެމްއެލްއެސްޑީޕީއަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް