Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 15:32
އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރަށް އަރުވައިގެން ބަލި މީޙަކު ގެންދަނީ
އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރަށް އަރުވައިގެން ބަލި މީޙަކު ގެންދަނީ
އެމްއެންޑީއެފް
ރައީސް ސޯލިހު
ދެ ހެލިކަޕްޓަރ ބޭނުން ކުރާނީ ކުރިން ވެސް ބޭނުން ކުރި ގޮތަށް: ރައީސް ސޯލިހު 
ހެލިކޮޕްޓަރ ތައް ގެނެސްފައިވަނީ 2010 ވަނަ އަހަރު

އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރ ރާއްޖޭގައި ބޭނުން ކުރާނީ ކުރިން ވެސް ބޭނުން ކުރި ގޮތަށް ބަލި މީހުން އުފުލުމަށާއި، ކަނޑުމަތީގެ ޙާދިސާތަކާއި ގުޅިގެން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެ ވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހެލިކޮޕަޓަރ ތައް ގެނެސްފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކަމަށާއި ކުރީގެ ރައީސުންގެ ވެރިކަމުގައި ވެސް އެ އެއްބަސްވުން އާ ކުރެއްވި ކަމަށެވެ. 

"ހެލިކޮޕްޓަރ ރާއްޖޭގައި އުދުއްސާނީ އިންޑިއާގެ ޕައިލެޓުންކަމުގައި ވިއަސް އެމީހުން ހެލިކޮޕްޓަރ އުދުއްސާނީ ކޮންއިރަކު ކޮންތާކު ކަމާ ގަޑިވެސް ކަނޑައަޅާނީ އަޅުގަނޑުމެން. ދިވެހި ސަރުކާރުން." ރައީސް ސޯލިހު ވިދާޅުވިއެވެ. ހެލިކޮޕްޓަރ ރާއްޖެ ގެނެސްފައި ވަނީ އިންޑިއާ އާއި އެކު ރާއްޖެއާމެދު ކުރެވުނު އެއްބަސްވުމެއްގެ ދަށުން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ރައީސް ސޯލިހު ވިދާޅުވީ ހެލިކޮޕްޓަރުގެ ހުރިހާ ޚަރަދެއް ކުރާނީ އިންޑިއާ ސަރުކާރުން ކަމަށެވެ.

ދެހާސްދިހަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ 2 ހެލިކޮޕްޓަރަކީ އިންޑިއާގެ ކޯސްޓްގާޑްގެ ހެލިކޮޕްޓަރަކާއި ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރެކެވެ.

ހެލިކޮޕްޓަރގެ މައްސަލަ ޖެހެން ފެށުނީ ކުރީެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާއި ރާއްޖެއާ ދެ ގައުމުގެ ގުޅުން އިންތިހާއަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް