Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 00:38
އެމްއެންޑީއެފް އިން ކަނޑުމަތީގައި ހަރަކާތްތެރި ވަނީ
އެމްއެންޑީއެފް އިން ކަނޑުމަތީގައި ހަރަކާތްތެރި ވަނީ
އެމްއެންޑީއެފް
ރާއްޖޭގެ މަސްވެރިކަން
މަސްވެރިކަމަށް ނިކުމެ އުޅުނު ދެމީހެއްގެ ހާލު ސީރިއަސްވެގެން ދިއްދޫއަށް
ހާލު ސީރިއަސްވީ ދެ ދިވެހިން

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަލުކާ ސާފުކުރަން ފޭބި ދެ މީހެއްގެ ހާލު ސީރިއަސްވެގެން ހއ. ދިއްދޫއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ''އާރކް'' ނަމަކަށް ކިޔާ ދޯނީގައި ތިބި ދެ ދިވެހިން ހާލު ބޮޑުވީ ފަލްކާ ސާފުކުރުމަށް ފޭބުމަށްފަހު ނޭވާއަށް އުނދަގޫވާތީ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ އަންގާރަ ދުވަހު އިރުއޮއްސި 6:40 ހާއިރު ކަމަށާއި، އެ މައުލޫމާތު ލިބުމާ އެކު ހޯރަފުށި ސީއެމްބިއުލަންސް މެޑިކަލް ޓީމަކާއެކު ދޯނި އޮތް ސަރަޙައްދަށް ދިޔަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހާލު ސީރިއަސްވި އެ ދެ މީހުންނަށް އިތުރުފަރުވާ ދިނުމަށް ޑޮކްޓަރުގެ ލަފާގެ މަތިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ދިއްދޫއަށް ގެންގޮސްދީފައި ވަނީ އަންގާރަ ދުވަހުގޭ ރޭ  08:35 ހާއިރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް