Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 03:34
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީ މަޖިލިސް ޕްރައިމަރީ
އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރަން 200 ވުރެ ގިނަ މީހުން، ބުދަ ދުވަހަކީ ފަހު ދުވަސް
އަންގާރަ ދުވަހުގެ ނިޔަލަށް 232 ފޯމު ހުށަހަޅާފައިވޭ
ވޯޓު ލުމުގެ ހައްގު 79،800 މީހުންނަށް
ޕްރައިމަރީއާ ގުޅިގެން އެމްޑީޕީއަށް 33،000 މީހުން ގުޅުނު

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމަށް 200 ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި ފޯމު ހުށަހެޅުމުގެ ސުންގަޑި ބުދަ ދުވަހުގެ ހަވީރު 4:00 އަށް ހަމަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން އިއުލާންކޮށްފައިވާ 87 ދާއިރާއަށް ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް އަންގާރަ ދުވަހުގެ ނިޔަލަށް 232 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރާ ފޯމު ހުށަހެޅުމުގެ ފަހު ދުވަހަކީ ބުދަ ދުވަހުގެ ހަވީރު 4:00 ކަމަށްވުމުން، ގިނަ އަދަދެއްގެ މީހުން އަދިވެސް ފޯމު ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވާ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 79،800 އަށް ވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ. ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީއާ ގުޅުނު މެމްބަރުންގެ އަދަދު 33,000 އަށް އަރައެވެ.

އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެމްޑީޕީން ބުނީ އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގައި ވޯޓުލުން ކުރިއަށްދާނެ ކަމަށާއި އޭގެ އިތުރުން ސްރީލަންކާގެ ކޮލަންބޯގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް