Advertisement
ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 18:29
ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ ބޭފުޅުންނާ އެކު ޕާޓީގެ އޮފީހުގައި:-
ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ ބޭފުޅުންނާ އެކު ޕާޓީގެ އޮފީހުގައި:-
ރާއްޖެ އެމްވީ
ރައީސް ޔާމިން
ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ގޮތެއް ނޫން: ޔާމީން
ޕްރަރިމަރީ ބޭއްވުމުން ގެއްލުންތަކެއް އެބަހުރި

އިންތިހާބުތަކުގައި ވާދަކުރުމަށް ޕާޓީގެ ޓިކެޓް ޕްރަރިމަރީއަކާ ނުލައި ދިނުމަކީ ޑިމޮކްރަސީއާ ބީރެއްޓެހި ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.  

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުނަށް ޕާޓީގެ ޓިކެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ހަރަކާތަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމިން ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ވަކި ބަޔަކަށް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ގޮތެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރަސީ ދެ ގައުމެއްގައި އެއް ގޮތަކަށް ނޯންނާ ކަމަށެވެ.

"އެމެރިކާގައި ޕްރެސިޑެންޓް ހޮވަނީ ރައްޔިތުންގެ އާންމު ވޯޓުން ތޯ، މިދިޔަ އިންތިހާބު ނޫން އޭގެ ކުރީ އިންތިހާބު ނިމުނީ ކިހިނެތް ތޯ، ސުޕްރީމް ކޯޓުން ދެއްތޯނިމުނީ. އެމެރިކާގައި ކޯޕަސް ވޯޓެއް މި ނަގަނީ. ރައްޔިތުންގެ އާންމު ވޯޓަކުން ނޫން ކަންކަން ނިމިގެން މިދަނީ. ދެން އެއީ އެމީހުންގެ ގާނޫނު އަސާސީ ޕްރެކްޓިސް ކުރާ ގޮތް ދެއްތޯ،" ޔާމިން ވިދާޅުވިއެވެ.

ޕްރަމަރީއަށް ދިއުމުގައި ބައެއް ދާއިރާތަކުގައި މައްސަލަތައް އެބަ ހުރި ކަމަށާއި ޕްރައިމަރީއަކީ މައްސަލައިގެ ހައްލަކަށް ނުވާ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ. އަދި ޕްރައިމަރީއާ ހެދި ބައެއް ފަހަރު ޕާޓީގެ ވޯޓުދޭން ތިބި މީހުންގެ ވޯޓުވެސް ބައިބައި ވެގެންދާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަށް ވެސް ޔަގީން ކަމެއް ނޯވޭ، އޭނާއާ ވާދަކުރި ކެންޑިޑޭޓް އޭނައަށް ތާއިދުކޮށްފާނެ ކަމަކަށް. އޭނާއަކަށް ގެރެންޓީއެއް ނޯވޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ދިރާސާކޮށްފައި ވަރަށް ގިނަ މަސައްކަތްކޮށްފައި މިހާ ލަސްވެގެންވެސް މިދިޔައީ. މި 13 ދައިރާވެސް ލަސްވެގެން މިދިޔައީ ޕްރައިމަރީއަކާ ނުލާ މިކަން ކުރެވޭނީ ކޮން ގޮތަކަށްތޯ ވިސްނައި ޕްރައިމަރީގެ ވިސްނުން ހުރި ފަރާތްތަކާ ވާހަކަ ދައްކައި ވާހަކަ ދައްކައި ހިޔާލު އެއްގޮތްކުރަން،" ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރާ ހަމަ އެކަނި ބަޔަކީ މިހާރު ޕީޕީއެމްގައި އެ ތިއްބެވި ބޭފުޅުން ކަމަށް ގަބޫލު ކުރެއްވުމަށް ވެސް ޔާމިން އިލްތިމާސްކުރެއްވި އެވެ. ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ލިބޭނެ ކަމުގެ ޔަގީންކަން އަންގާރަ ދުވަހު ދީފައިވާ 13 މެމްބަރުންނަކީ:-

  • ދިއްދޫ ދާއިރާ: މުހައްމަދު ހަސަން
  • އިހަވަންދޫ ދާއިރާއަށް އަހްމަދު ނަސީރު
  • ކުޅުދުއްފުށި ދެކުނު ދާއިރާ: އަބްދުއްރަހްމާން އިސްމާއިލް
  • ކޮމަންޑޫ ދާއިރާ: އިބްރާހިމް ރަޝީދު
  • ކަނޑިތީމް ދާއިރާ: މުހައްމަދު އާރިފު
  • ތުޅާދޫ ދާއިރާ: މުހައްމަދު އަތީފް
  • ދާންދޫ ދާއިރާ: މުހައްމަދު މުއީން
  • އިސްދޫ ދާއިރާ: އިސްމާއިލް ޝަފީއު
  • މަރަދޫ ދާއިރާ: ޝެރީނާ އަބްދުއްސަމަދު
  • އައްޑޫ މީދޫ ދާއިރާ: އަހްމަދު އަސްލަމް
  • މާފަންނު އުތުރު ދާއިރާ: މުހައްމަދު ލަމްއާން
  • މާފަންނު ހުޅަނގު ދާއިރާ: ގީލާ އަލީ
  • ހިތަދޫ އުތުރު ދާއިރާ: މުހައްމަދު ޖިނާން ޖަލީލް

ޕްރައިރީއަކާ ނުލައި ޕާޓީގެ ޓިކެޓް ދިނުމަށް ނިންމާފައިވާ މެމްބަރުންނަކީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އަމިއްލައަށް މިހާރު ވެސް ހަރަދު ކުރެވޭވަރުގެ މާލީ ތަނަވަސްކަން ހުރި މީހުން ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ. އަދި މި ލިޔުން ދިން ނަމަވެސް ޕާޓީގެ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުން ފަހުން އޮންނާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.   ޔާމިން ވަނީ ވިލިފުށި ދާއިރާގެ ގޮނޑިއަށް ޕީޕީއެމް އިން ވާދަނުކޮށް މިހާރު ވެސް އެ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ތާއިދު ކުރުމަށް ނިންމާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް