Advertisement
ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 16:34
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ރައީސް ޔާމީން
ވިހި ރަށުގެ ނަރުދަމާ އޭސީސީން ބާތިލް ކުރުން، ރައީސް ޔާމީނަކަށް ކަމަކު ނުދިޔަ
ރައްޔިތުންނާއި ގުޅުންހުރި ކަންކަން މިގޮތަށް ހުއްޓުވޭނެ ކަމަަށް ގަބޫލު ނުކުރެވޭ
ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ ކަމަށް ވިދާޅުވި

ވިހި ރަށެއްގައި ނަރުދަމާ ގާއިމްކުރުމަށް ސްރީލަންކާގެ "ހޭކާރބް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބާތިލްކުރުމަށް އެންޓިކޮރަޕްޝަން ކަމިޝަން (އޭސީސީ) އިން ކަމާ ބެހޭ ފަރާތްތަކަށް އެންގި އެންގުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ނަރުދަމާގެ މަސައްކަތް ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ދިޔައިރު އެކަން ނުހުއްޓުވައި މިހާރު އޭސީސީން އެކަން ނުހުއްޓުވަންވީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ ކަމަށާއި ރައްޔިތުންނާ ގުޅުން ހުރި އެފަދަ މަޝްރޫއުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބަލައި އެކަމަށް ފިޔަވަޅު އެޅިދާނެ ކަމުގައެވެ.

"އޭސީސީން ކުރާ ކަމަކަށް އަޅުގަނޑު ފާޑުކިޔާކަށެއް ނޫން އިނގޭތޯ. މިވަރުގެ ބޮޑު މަސައްކަތެއް ކުރާއިރު ކަރަޕްޝަނުގެ އަދަދަކީ ކިހާ ވަރެއްބާ މިސާލަކަށް. ކާކުގެ ކަރަޕްޝަނެއް އޮތީބާ މިސާލަކަށް. މިސާލަކަށް ކަރަޕްޝަންގެ ތެރޭގައި އަޅުގަނޑު ހަމަ އެކައްޗެއް ވެސް އެނގިގެން ދަންނަވާ ވާހަކައެއް ނޫން. އެއީ އަޅުގަނޑު ނޫން ތިކަންތައް ކުރަނީ. ތިކަންތައް ކުރަނީ މިނިސްޓްރީ އޮފް ފިނޭންސާއި ފެނަކާ އާއި އަދި ބޭރުން އެޕްލައި  ކުރި ކުންފުންޏަކާއި ތި ތްރީ ޕާޓީ އެއްކޮށް ދިޔަ ކަމެއްތީ. ރައީސް އޮފީހުން ހަމައެކަނި ކުރާނެ ކަމަކީ އެކަންތައްތަކަށް ހުއްދަ ދޭނީ ނިންމާފަ އައިމަ. ނިންމާފަ އޮންނަ ކަންތައްތަކަށް ގަވައިދުން ކުރެވިފައި އޮތިއްޔާ ހުއްދަ ދޭނީ. އޭސީސީން ނޯންނާނެ ރައީސް އޮފީހަށް ދަންނަވާފައި މިވެނިކަމެއްގައި މިވެނި ކޮމްޕޯނެންޓެއްގައި ކަރަޕްޝަން އެބައޮތޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.  

ވިހި ރަށެއްގައި ނަރުދަމާ ގާއިމްކުރުމަށް ސްރީލަންކާގެ "ހޭކާރބް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބާތިލްކޮށްފައި ވަނީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ، ދައުލަތަށް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ކޮމިޝަނަށް ފެންނާތީ ކަމަށް އޭސީސީން ބުނެއެވެ. އަދި އެމަސައްކަތް ބާތިލްކުރަން އެންގީ 20 ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭކަމާއި،  މިހާރު މި މަސައްކަތް ހަވާލުކޮށްފައިވާ އަގުގައި 20 ރަށުގެ ބަދަލުގައި ގާތްގަނޑަކަށް 40 ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރެވޭނޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް