ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 15:59
ގަތަރު ޕެޓްރޯލިއަމްގެ ހެޑްކުއަރޓަރ
ގަތަރު ޕެޓްރޯލިއަމްގެ ހެޑްކުއަރޓަރ
ރޮއިޓަރސް
ގަތަރުގެ އިގްތިސާދު
އެމެރިކާގެ ހަކަތައިގެ ސިނާއަތަށް 20 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނަން: ގަތަރު
އިންވެސްޓް ކުރަން ނިންމާފައިވަނީ އެމެރިކާގެ ގޭހާއި ތެލާއި އިއާދަކުރަނިވި ހަކަތައިގެ ސިނާއަތްތަކަށް

ގަތަރު ޕެޓްރޯލިއަމްއިން 20 ބިލިއަން ޑޮލަރު އެމެރިކާގެ ހަކަތައިގެ ސިނާއަތަށް އިންވެސްޓް ކުރަން ނިންމައިފިއެވެ.

ގަތަރު ޕެޓްރޯލިއަމްގެ ޗީފް އެކްޒެކެޓިވް، ސާދް އަލް-ކާބީ ވިދާޅުވީ އިންވެސްޓް ކުރަން ނިންމާފައިވަނީ އެމެރިކާގެ ގޭހާއި ތެލާއި އިއާދަކުރަނިވި ހަކަތައިގެ ސިނާއަތްތަކަށެވެ.

އޯޕެކުން ގަތަރު ވަކިވާން ނިންމެވި ނިންމުމާއި ގުޅިގެން ކާބީ ދެންނެވީ، އޯޕެކުން ވަކިވީ އެމެރިކާއިން މިކަހަލަ ޖަމިއްޔާތަކާއި ދެކޮޅަށް ގާނޫނެއް ފާސްކުރަން ނިންމާފައި ވުމާއި ގުޅިގެންނެވެ.

މީގެ އިތުރުން ކާބީ ވިދާޅުވީ ގަތަރުގެ ގޭސް އެކްސްޕޯޓު އިތުރުކުރުމަށް ބައިވެރިއެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ބައިވެރިއެއް ނުވެއްޖެ ހާލަތެއްގައި ގަތަރު އޮތީ އެކަނި ވިޔަސް ގޭސް އެކްސްޕޯޓު އިތުރު ކުރަން ތައްޔާރަށް ކަމަށެވެ.

ގަތަރަކީ ދުނިޔޭގެ ގޭސް އުފެއްދުމުގައި އެއްމެ ފުންނާބު އުސް އެއް ގައުމެވެ. އަހަރަކު 77 މިލިއަން ޓަނުގެ ގޭސް އެ ގައުމުން އުފައްދައެވެ. ގަތަރުން ބޭނުން ވަނީ މި އަދަދު 2023 ގެ ކުރިން 43 އިންސައްތަ އިތުރު ކުރާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް