Advertisement
ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 15:07
ޕްލޭނިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕްލޭނިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ޕްލޭނިން މިނިސްޓްރީ
ގަވައިދާ އެއްގޮތަށް ބައެއް ސައިޓްތައް މަސައްކަތްނުކުރޭ: ޕްލޭނިން މިނިސްޓްރީ 
އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކުރާ ކަމެއް
ބަޔަކު މީހުން ކުށްވެރިކުރަން ނޫނީ ބައެއްގެ މަސައްކަތްތައް ހުއްޓުވުން ކުރާ ކަމެއް ނޫން

އިމާރަތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް ބެލުނު ސައިޓްތަކުގެ ތެރެއިން ވަގުތުން ވަގުތަށް މަސައްކަތް ހުއްޓުވަން ޖެހޭ ވަރުގެ ސައިޓެއް އަދި ނުފެންނަ ކަމަށާއި އެހެން ނަމަވެސް ގަވައިދާ އެއްގޮތަށް ބައެއް ސައިޓްތައް މަސައްކަތް ނުކުރާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. 

އަންގާރަ ދުވަހު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ މުހައްމަދު އަލީ ވިދާޅުވީ "ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޝަން 2018" ގެ ނަމުގައި ހޯމަ ދުވަހުން ފަށައިގެން ކުރާ މަސައްކަތްތަކުގައި ގޯސްކޮށް ހުރި މައްސަލަތައް ފާހަގަކޮށް ވަގުތުން އެޓެންޑްކުރަން ޖެހޭ ކަމެއް ކުރެވޭ ނަމަ މިތަނުގައި އޮންނަ ޓާސްކް ފޯހަށް ފޯރުކޮށް އެ ޓާސްކްފޯހުން ވަގުތުން މަސައްކަތް ހުއްޓާލުމަށް އަންގާނެ ކަމަށެވެ. އެ ތަންތަނުގެ މަސައްކަތްތައް ދާ ގޮތް ބަލަން ސުޕަވައިޒަރުން ނުތިބޭ ކަމަށް ވިދާޅުވިއެވެ.
 

"އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކުރާ ކަމެއް. މިއީ އެއްގޮތަކަށް ވެސް ބަޔަކު މީހުން ކުށްވެރިކުރަން ނޫނީ ބައެއްގެ މަސައްކަތްތައް ހުއްޓުވުން ކުރާ ކަމެއް ނޫން،" މުހައްމަދު އަލީ ވިދާޅުވިއެވެ. 

މުހައްމަދު އަލީ ވިދާޅުވީ އިންޖީނިއާސް އެސޯސިއޭޝަނާއި އަދި ރާއްޖޭގެ އާކިޓެކްޗާ އެސޯސިއޭޝަންގެ އިތުރުން ހެލްތު އެންޑް ސޭފްޓީ އެކްސްޕާޓްސް، އެމްއެންޑީއެފް، ޕޮލިސް، މިނިސްޓްރީގެ އެކްސްޕާޓުން އެކުވެގެން މިހާރު ހެދިފަ އޮތް މިންގަނޑުތައް އަދި އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ގެންނަން ޖެހޭ ކަމަށެވެ.  މިހާރު ޑްރާފްޓް ކުރެވިފަވާ މިންގަނޑުގެ "ކޮމްޕްރެހެންސިވް ރިވިއުއެއް" ކުރަމުންދާ ކަމަށާއި ޑޮކިއުމެންޓް އޮތީ އާންމުންނަށް ނެރުމުގެ ކުރިން އެއަށް ގެނަން ޖެހޭ އެއްވެސް ބަދަލެއް އޮތްތޯ ބަލައި ހަފްތާއެއްގެ ތެރޭގައި އެ ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް