Advertisement
ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 13:47
ރައީސް ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ ތާޖް މަހަލް ކުރިމަތީގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން
ރައީސް ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ ތާޖް މަހަލް ކުރިމަތީގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން
ރާއްޖެއެމްވީ
ރައީސް ސާލިހުގެ އިންޑިއާ ދަތުރުފުޅު
ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅަށް ފަހު މާލެ ވަޑައިގަންނަވަނީ
ރައީސް ސޯލިހު ފުރާވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 14:00 ގައި އިންޑިއާގެ އާގްރާއިން

އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު އެޤައުމަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާގްރާގައި ހުންނަ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި އާގްރާއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ފެށުނީ އިންޑިއާގެ ސަގާފީ ނެށުމަކުންނެވެ. ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ މަޝްހޫރު ތާޖުމަހަލްގައި ފޮޓޯ ނަންގަވައިފަ އެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހް ރާއްޖެ ވަޑައިގަންނަވާނީ މިރެ އެވެ. ރައީސް ސޯލިހު އިންޑިއާއިން ފުރާވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 14:00 ގައި އިންޑިއާގެ އާގްރާއިންނެވެ.

ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަދަތުރުފުޅުގައި އިންޑިއާއާއި އެކު މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ކްރެޑިޓް ފެސިލިޓީއެއްގެ ގޮތުގައި  1.4 ދިނުމަށް އިންޑިއާއިން ވަނީ ހަމަޖައްސައިފަ އެވެ.

ތިން ދުވަހުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރާއި، ރައީސާއި، ނައިބު ރައީސްގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ވަނީ ބައްދަލުކުރައްވައިފައެވެ. އަދި އިންޑިއާގެ ވިޔަފާރިވެރިންނާއި ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް ސޯލިހް ބައްދަލުކުރެއްވެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ޑިސެންބަރ 2018 | އަންގާރަ 09:38
ނަޖްވާ
ވަރަށް ވެސް ކިޔުޓް ފޮޓޮލެއް އެއީ އިނގޭ! އަދި އަތުގަ ހިއްޕަވާލިނަމަ ވަރަށް ހިތް ގައިމުވީސް ކަން ކަށަވަރު!