Advertisement
ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 12:20
އެމްޑީޕީގެ މެންބަރުންތަކެއް
އެމްޑީޕީގެ މެންބަރުންތަކެއް
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ 2018
އެމްޑީޕީ މަޖިލިސް ޕްރައިމަރީސް: މިހާތަނަށް 203 ފޯމް ހުށައަޅައިފި
މިހާތަނަށް 203 ކެންޑިޑޭޓުން ފޯމް ހުށައަޅައިފި
13 ފޯމަކީ އަންހެން ބޭފުޅުން ހުށައަޅާފައިވާ ފޯމްތަށް
ކެނޑިޑޭޓުންނަށް ހުޅުވާލި ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ 4:00 އަށް ހަމަވާނެ

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މިހާތަނަށް 203 ކެންޑިޑޭޓުން ފޯމް ހުށައަޅާފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އެމްޑީޕީގެ އިންތިޚާބާއިބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވާ މަޖިލީސް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކެނޑިޑޭޓުންނަށް ހުޅުވާލި ފުރުސަތު މިމަހުގެ 19  ވަނަދުވަހުގެ 4:00 އަށް ހަމަވާއިރު މިއަދުގެ މިހާތަނަށް 203 ފަރާތަކުން ޕަރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށައަޅާފައިވާއިރު އޭގެ ތެރެއިން 13 ބޭފުޅުންނަކީ އަންހެން ބޭފޫޅުން ކަމަށް އޭނާ ވިދާޅުވިއެވެ. މަނިކް ވިދާޅުވީ ޕްރައިމަރީގެ ހުރިހާ އިންތިޒާމް ތަކެއް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ވޯޓު ލެވޭނީ މިމަހުގެ 7 ވަނަ ދުވަހުގެ 11:00ގެ ކުރިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި މެމްބަޝިޕް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރައިމަރީއާ ދިމާކޮށް 33000 އަށްވުރެ ގިނަ މީހުން އެމްޑީޕީއަށް ވަނުމަށް ފޯމް ހުށަހަޅާފައިވެ އެވެ.

"ޕްރައިމަރީގައި ވާދަކުރެއްވުމުގެ ކަންކަން ވަރަށް ފޯރިއާއި ޖޯޝާއި އެކު ކުރިއަށްދަނީ. ތިބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ އިރުކޮޅާކާއި ގްރޫޕަކުން އައިސް ފޯމް ހަވާލު ކުރާ މަންޒަރު. ޓައިމް ލައިނާއި ތަފާތުކޮށް ދިޔަކަމަކީ ޝަކުވާހުށއެޅުމަށް ދިން މުއްދަތައް އެއްދުވަސް އިތުރުވުން" މަނިކް ވިދާޅުވިއެވެ.

އަލަށް ގުޅުނު މެމްބަރުންނާއެކު އެމްޑީޕީގެ މެމްބަރުންގެ އަދަދު 81000 އަށް ވުރެ އިތުރު ވާނެ ކަމަށާއި އެ އެންމެނަށް ޕްރައިމަރީގައި ވޯޓް ލެވޭނެ ކަމަށް މަނިކު ވިދާޅުވިއެވެ.

މިހާރު ކުރަމުން ދަނީ މެމްބަރޝިޕް ފޯމު ސައްހަތޯ ބެލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިންމުމަށް ފަހު ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 13 ގައި އިއުލާން ކުރާނެ ކަމަށް މަނިކު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް