Advertisement
ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 01:30
ކުރީގެ ރައީސް އަބްުދުﷲ ޔާމީން
ކުރީގެ ރައީސް އަބްުދުﷲ ޔާމީން
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް، ޔާމީން އާ ޕާޓީއެއް އުފައްދަނީ
އަރިސް ބޭފުޅުންގެ މެދުގައި މަޝްވަރާތައް ވަނީ ފަށާފައި

ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ގެއްލިދާނެ ކަމުގެ ބިރަށް، އެމަނިކުފާނު އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވައި، އެކަމުގެ މަޝްވަރާތައް ޔާމީން ވަނީ އެމަނިކުފާނު އަރިސް ބޭފުޅުންގެ މެދުގައި ފަށްޓަވާފައެވެ. އެކަން ޕީޕީއެމްގެ ކައުންސިލް މެމްބަރަކު "ރާއްޖެއެމްވީ" އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ފައްޓަވާފައި ވަނީ ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށެވެ. އެ މައްސަލަ ޔާމީންގެ ކޮޅަށް ކާމިޔާބު ނުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމާ އަލުން އަނބުރާ ލިބިވަޑައިގެންފިނަމަ، އާ ޕާޓީއެއް ހަދަން ތައްޔާރު ކަމަށް އެ ޕާޓީގެ ބައެއް އިސްބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އޭނާ ނުކުމެވަޑައިގަންނަވާނީ ޕީޕީއެމުން އަލަށް އުފައްދާ ޕާޓީގެ ނަމުގައި ކަމަށެވެ.

ޕީޕީއެމާ ގުޅޭ މައްސަލާގައި ސުޕްރީމް ކޯޓުން މިހާތަނަށް އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް