Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 21:55
އުމުރުން 7 އަހަރުގެ ކުއްޖާގެ ގައިމައްޗަށް ސިމެންތި ބަސްތާ ވެއްޓުނު ސަރަހައްދު
އުމުރުން 7 އަހަރުގެ ކުއްޖާގެ ގައިމައްޗަށް ސިމެންތި ބަސްތާ ވެއްޓުނު ސަރަހައްދު
ޓްވިޓަރ
ސިމެންތި ބަސްތާ ވެއްޓުން
މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
ކުއްޖާގެ ހަށިގަނޑު ބަންގަލަދޭޝްއަށް ފުރުވާލާފައިވަނީ މިރޭ 9:15 ހާއިރު ލަންކާ މަގުން

ސިމެންތި ބަސްތާއެއް ވެއްޓި، ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް ނިޔާވި އުމުރުން 7 އަހަރުގެ ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި އެވެ. 

ރާއްޖެ.އެމްވީއަށް މައުލޫމާތުދިން އާއިލާގެ މެމްބަރަކު ބުނީ ކުއްޖާގެ ހަށިގަނޑު، އުފަން ޤައުމަށް ފުރުވާލައިފައިވާކަމަށާއި، ކުއްޖާގެ ހަށިގަނޑު ބަންގަލަދޭޝްއަށް ފުރުވާލާފައިވަނީ މިރޭ 9:15 ހާއިރު ލަންކާ މަގުންކަމަށެވެ. 

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ހަތް އަހަރުގެ ރަވްޝަން ޖިއާން، ނިޔާވީ، ސިމެންތި ބަސްތާ ވެއްޓި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް، ހޯމަ ދުވަހު އެވެ. އާދިއްތަ ދުވަހުގެ އެ ހާދިސާއާއި ގުޅިގެން، ހޮސްޕިޓަލުގައި އެ ކުއްޖާގެ ހާއްސަ އޮޕަރޭޝަނެއްވެސްކޮށްފައިވެއެވެ. ނަމަވެސް އޮޕަރޭޝަނަށްފަހުވެސް ކުއްޖާގެ ހާލު ރަނގަޅުވެފައެއް ނުވެ އެވެ. 

އެ ކުއްޖާއާއި، ކުއްޖާގެ މަންމަ މާލެ، އައިސްފައިވަނީ ޗުއްޓީ ހޭދަކުރުމަށެވެ. އެ ހާދިސާ ހިނގުމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ އިމާރަތްކުރުމުގެ މަސައްކަތްކުރިއަށްގެންދިޔަ، "ޑަބްލިޔު ކޮންސްޓްރަކްޝަން"ގެ ހުއްދަތައް ބާތިލްކޮށްފަ އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް