Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 17:58
ރައީސް ސޯލިހު: އާއިލާއަށް ހަމްދަރުދީ ފޮނުއްވާފައިވޭ
ރައީސް ސޯލިހު: އާއިލާއަށް ހަމްދަރުދީ ފޮނުއްވާފައިވޭ
ރާއްޖެ އެމްވީ
ސިމެންތި ބަސްތާ ވެއްޓުން
ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
އެ ކުއްޖާއަކީ ބަންގުލަދޭޝް ކުއްޖެއް

އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޒަހަމްވި ތުއްތު ކުއްޖާ ނިޔާވުމުން، އެކަމުގެ ހަމްދަރުދީ ފާޅުކުރައްވައި، އެ ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ހުންނެވި ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަ ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް ކަމަށެވެ.

މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން މިދިޔަ އާދީއްތަ ދުވަހު ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، ފަރުވާދެމުން ދަނިކޮށް އައިޖީއެމްއެޗުގައި ނިޔާވި އުމުރުން އަށް އަހަރުގެ ޖައުޝަން ޖިއަންއަކީ ބަންގްލަދޭޝް ޑޮކްޓަރެއްގެ ދަރިއެކެވެ.

ރައީސް ސޯލިހު ވަނީ އެ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީފާޅު ކުރައްވާފައެވެ.

ރައީސް ކުރެއްވި ޓްވީޓު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ އެ ނުރައްކާތެރި ހާދިސާއިން ފިލާވަޅު ލިބިގަނެ، ރައްކާތެރިކަން ވަރުގަދަ ކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ޑިސެންބަރ 2018 | ހޯމަ 13:45
Better Action
What we need is action Where is occupational health and safety bill It is drafted they say... But still not submitted to Majlis