Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 13:44
ޑިފެންސް މިނިސްޓަރު މާރިޔާ
ޑިފެންސް މިނިސްޓަރު މާރިޔާ
އަޝްވާ ފަހީމް
މިނިސްޓަރު މާރިޔާ
އެމެޖެންސީގައި ގުޅޭނެ ނަމްބަރެއް ގާއިމުކުރަން ޖެހޭ: މާރިޔާ
ހަދިސާތައް ހުއްޓުވުމަށްޓަކައި އާއްމުން ހޭލުންތެރި ކުރުވަން ޖެހޭ

އެމެޖެންސީގައި ގުޅޭނެ ނަންބަރެއް ގާއިމުކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރު ގައުމުތަކުގައި އެމެޖެންސީ ހާލަތްތަކުގައި ގުޅޭ ކަހަލަ ނަންމަބަރެއް ރާއްޖޭގައި ވެސް ގާއިމުކުރަންޖެހޭ ކަމަށެވެ. އަދި ހަމައެއާ އެކު އެމަޖެންސީ ހާލަތްތަކުގައި ފަޔާ އެންޑް ރެސްކިޔުގެ އިތުރުން ހޮސްޕިޓަލްތަކަށް އެއް ނަންބަރަކުން ގުޅޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ހިނގާ އަލިފާނުގެ ހާދިސާތަކުގެ އިތުރުން ދިމާވާ ސިއްހީ ހާލަތްތަކުގައި ގުޅޭނެ އިންތިޒާމެއް ހަމަޖެހެން ޖެހޭ ކަމަށް ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުގެ ޓްވިޓާގައި ވެއެވެ.

 

މިނސްޓަރު ވިދާޅުވީ، މި ފަދަ ހަދިސާތައް ހުއްޓުވުމަށްޓަކައި އާއްމުން ހޭލުންތެރި ކުރުވަންޖެހޭ ކަމަށެވެ. ކުއްލި ހާލަތުގައި ދިމާވާ ކަންތައްތަކަށް ގުޅޭނެ ނަންބަރެއް އޮތުން އެއީ މުހިއްމު ކަމެއް ގޮތުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އާދިއްތަ ދުވަހު، ހަދަމުން ދިޔަ އިމާރަތަކުން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ހިނގި ހިތާމަވެރި ހަދިސާގައި އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ވަނީ މިއަދުގެ ވަގުތެއްގައި ނިޔާވެފައިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް