Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 12:01
މަހާތަމާ ގާންދީގެ މަގްބަރާއަށް ޒިޔާރަތް ކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެ ތަނަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ
މަހާތަމާ ގާންދީގެ މަގްބަރާއަށް ޒިޔާރަތް ކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެ ތަނަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ
ރާއްޖެ އެމްވީ
ރައީސް ސާލިހުގެ އިންޑިއާ ދަތުރުފުޅު
މަހާތްމާ ގާންދީގެ މަގްބަރާއަށް ރައީސް ސޯލިހު ޒިޔާރަތްކުރައްވައިފި
ރައީސް ސޯލިހު ވަނީ މަގްބަރާއަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މޯހަންދަސް ކަރަމްޗަންދް ގާންދީ ނުވަތަ މަހާތްމާ ގާނދީގެ މަގްބަރާއަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު އިހުތިރާމުގެ ޒިޔާރަތް ކުރައްވައިފިއެވެ.

އިންޑިއާއަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މަހާތްމާ ގާންދީގެ މަގުބަރާއަށް އެމަނިކުފާނު ޒިޔާރަތް ކުރައްވާފައިވަނީ، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މަގްބަރާއަށް ޒިޔާރަތް ކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެ ތަނަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

"ރާޖް ގާތް"ގެ ނަމުން ނަންދެވިފައިވާ މަހާތްމާ ގާންދީގެ މަގްބަރާގައި އެމަނިކުފާނަށް އިހުތިރާމް އަދާކޮށް ރައީސް ސާލިހު ވަނީ މާބޮނޑިއެއް ބާއްވަވާފައެވެ.

މަހާތްމާ ގާންދީގެ މަގުބަރާ ހުންނަނީ އިންޑިއާގެ ދިއްލީގެ ޝާހުޖަހާންއަބާދުގެ ރިންގް ރޯޑް ނުވަތަ މާހާތްމާ ގާންދީ ރޯޑްގައެވެ. މަޝްހޫރު ޔަމްނާ ކޯރު ވެސް އޮންނަނީ މި ސަރައްދުގައެވެ.

އިނގިރޭސި އިސްތިއުމާރުގެ ދަށުން އިންޑިއާ މިނިވަންކޮށްދެއްވި އެގައުމުގެ ބާނީ މަހާތުމާ ގާންދީ އަވަހާރަކޮށްލާފައިވަނީ، 30 ޖެނުއަރީ 1948 އަހަރުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް