Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 09:47
ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު މަންޒަރު
ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު މަންޒަރު
ރާއްޖެ އެމްވީ
އަނިޔާ ލިބުނު ކުއްޖާ
ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން:ޝިދާތާ
ކުޑަކުއްޖަކަށް ގެއްލުންތަކެއް ލިބިގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން
 ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ބުނެ

ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ކުޑަ ކުއްޖަކު ޒަހަމްވި މައްސަލަ ބަލައި، އިހްމާލުވާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ އާދިއްތަ ދުވަހު ކުރައްވާފައިވާ ޓްއިޓެއްގައި ވިދާޅުވީ ރައްކާތެރިވާންވީ މިންވަރަށް ރައްކާތެރި ނުވުމުގެ ސަބަބުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ޖެންޑަރ މިނިސްޓްރީން ބަލާ އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މާފަންނުގައި ހުންނަ ނަލަހިޔާ ރެސިޑެންސީ (ކުރިން ނަލަހިޔާ ހޮޓެލް ހިންގި އިމާރާތް) ސަރަހައްދުގައި ހަދަމުންދާ އިމާރާތުން އާދީއްތަ ދުވަހު ސިމެންތި ބަސްތާއެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާގެ އޮޕަރޭޝަން ކޮށްފައި ވާއިރު، އަދިވެސް ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.  

ޑަބްލިޔޫ ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތުން ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި، އެ ކުންފުންޏަށް ދީފައިވާ ހުއްދަތައް ހިފަހައްޓައި، އެ ކުންފުނީގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލުން އާދިއްތަ ދުވަހު ވަނީ ހުއްޓުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް