Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 09:57
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރ ޑރ. ސިޔާދާ ސައީދު
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރ ޑރ. ސިޔާދާ ސައީދު
ރާއްޖެއެމްވީ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފި
ޕްރޮގްރާމްގެ ސަބަބުން މައިމީހާ ވިހެއުމަށް ތައްޔާރު ވުމުގެ ވަރަށް ގިނަ ކަންކަން ދަސްވެގެން ދާނެ
ކޮންމެ ޕޭޝަންޓަކަށްވެސް ވަކިކަހަލަ ޕްލޭނެއް ތައްޔާރު ކުރެވިފައިވާނެ

ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފައިވާ ކަމަށް ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރ ޑރ ސިޔާދާ ސައީދު ވިދާޅުވެއެޖެއެވެ.

ރާއްޖެ ޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ ސިޔާދާ ވިދާޅުވީ މާބަނޑު މީހުންނަކީ އޭގެ ޒާތުގައިވެސް ވަރަށް ބޮޑައް އެހެން މީހުންގެ އަޅާލުމާއި އެހީތެރިކަން ބޭނުންވާ ބައެއްކަމަށާއި އެހެންކަމުން އެބައި މީހުންނަށް ވަރަށްބޮޑައް ކައުންސިލިން ބޭނުން ވާކަމަށެވެ. އެގޮތުން ކައުންސިލިން ބޭނުންވަނީ ހަމައެކަނި މައިމީހާއަށް އެކަނި ނޫންކަމަށާއި އޭގެ ބަދަލްގައި ބައްޕައަށްވެސް ކައުންސިލިން އަކީ ވަރަށް ބޭނުން އެއްޗެއްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ހޮސްޕިޓަލުގެ މެޓާނިޓީ ޔުނިޓްގައި އާދިއްތަދުވަހު އަލަށް ތައާރަފްކުރި ޕްރޮގްރާމްގެ ސަބަބުން މައިމީހާ ވިހެއުމަށް ތައްޔާރު ވުމުގެ ވަރަށް ގިނަ ކަންކަން ދަސްވެގެން ދާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮކްޓަރ ވިދާޅުވީ އަލައް މާބަނޑުވާ އަންހެނުންނަކީ ވަރަށް ގިނަ އާ ތަޖުރިބާ ތަކަކާއި ކުރިމަތި ލާންޖެހޭ ބަޔަކަށް ވާއިރު ޕްރޮގްރާމްގެ ބޭނުމަކީ މައިމީހާ ކުރިމަތިލާން ޖެހޭ މި އާ ކަންތައްތަކާއި ކުރިމަތިލާނެ ހިތްވަރު އުފެއްދުމާއި އަދި ބަލިވެ އިނީއްސުރެން ވިހެއުމަށް ތައްޔާރު ކޮށްދިނުން ކަމަށެވެ.

އަލައް ތައާރަފްކުރި ޕްރޮގްރާމްގައި ތަފާތު އެކި އެކި ކަސްރަތުގެ ޕްރޮގްރާމް ތަކާއި ސިއްހަތަށް ފައިދާހުރި ޑައިޓް ޕްލޭންތަކުގެ އިތުރުން ކޮންމެ ޕޭޝަންޓަކަށްވެސް ވަކިކަހަލަ ޕްލޭނެއް ތައްޔާރު ކުރެވިފައި ވާކަމަށް ސިޔާދާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕޯސްޓްޕަރޓަމް (ވިހެއުމަށްފަހު އަންނަ ދުވަސްތައް) އަށް ތައްޔާރު ވުމަކީވެސް މުހިންމު ކަމަކަށް ވާއިރު މިކަމަށްވެސް މިއަދު ތައާރަފްވެގެން ދިޔަ ޕްރޮގްރާމަކީ މުހިންމު ޕްރޮގްރާމަކަސް ވެގެން ދާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ގާއިމްކުރި ފުރަތަމަ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައި ހިދުމަތްދޭން ފަށާފައި ވާއިރު ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުންނަ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކަށް ބަލާލާއިރު އެމްއާރްއައި ސީޓީ ސްކޭން، ކާޑިއެކް ސާޖަރީ، ކީމޯ ތެރަޕީ، ނިއުރޯ ސާޖަރީ އޮންކޮލޮޖީ އަދި ޑަޔަލިސިސްގެ ހިދުމަތްތަކާއި މިނޫންވެސް ވަރަށް ގިނަ ޚިދުމަތްތަށް ލިބެން ހުންނަކަން ފާހަގަ ކޮށްލެވެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް