Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 21:41
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރައީސް ސޯލިހު
ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓު ކުރުމަށް ރައީސް ސޯލިހު އަންގަވައިފި
މަސަތްކަތްކުރާ މީހުންނާއި އާންމުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގަވާއިދުތަކެއް ހަދަންޖެހޭ

ކޮންސްޓްރަކްޝަން މަސަތްކަތް ކުރާ މީހުންނާއި, އާންމުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމައްޓަކައި އެ މަސައްކަތް ކުރާ ހުރިހާ ތަންތަނުގެ ސަލާމަތީކަންކަން އަލުން ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުން ގެންދެވުމަށް ކަމާބެހޭ އިދާރާތަކަށް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު  އަންގަވައިފިއެވެ.

ހަދަމުންދާ އިމާރާތަކުން ސިމެންތި ގޯންޏެއް ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވުމާ ގުޅިގެން އާދިއްތަ ދުވަހު އިންޑިއާގައި ހުންނަވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސަތްކަތްކުރާ މީހުންނާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމައްޓަކައި ގަވާއިދުތަކެއް ހަދައި ހަރުކަށި ފިޔަަވަޅު އެޅަންޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވަނީ މި ހާދިސާގައި އަނިޔާވި ކުއްޖާއަށް އަވަސް ޝިފާއަށް އެދި ދަންނަވައި އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ .

ނަލަހިޔާ ސަރަހައްދުގައި ކޮންސްޓްރަކްޝަން ކުރަމުންދާ އިމާރާތަކުން ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ގޯންޏެއްވެއްޓި ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. މި ހާދިސާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ މާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން ވަނީ ވަގުތީ ގޮތުން ހުއްޓައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް