Advertisement
ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 12:33
ރައީސް އަބްދުﷲ ޔާމީން ރުމާލު 2 ޖަގަހައިގައި ވާހަކަފުޅު ދައްކަވަނީ
ރައީސް އަބްދުﷲ ޔާމީން ރުމާލު 2 ޖަގަހައިގައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ޔާމީން
ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
ހުށަހެޅި ބުރާސްފަތި ދުވަހު
މާލީ ބަޔާން ޔާމީން ހުށަހެޅުއްވީ ވެރިކަމުގެ ފަހު ދުވަހު
ރައީސް ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅުއްވަންޖެހޭ

ކޮންމެ އަހަރަކު އޮޑިޓާ ޖެނަރަލަށް ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާން ހުށަނާޅުއްވައި، ވެރިކަމުގެ ފަހު ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮޑިޓާ ޖެނަރަލަށް ހުށަހެޅުއްވި މާލީ ބަޔާން، އެ އޮފީހުން ފުލުހުންނަށް ހުށަހަޅުއްވައިފިއެވެ.

ގާނޫނުއަސާސީގެ 120 ވަަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނަރަލަށް ހުށަހަޅުއްވަންވާނެ ކަމަށެވެ. އަދި ވަޒީރުން ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވެއެވެ.

ނަމަވެސް ޔާމީންގެ ސަރުކާރުގެ އެއްވެސް ވަޒީރަކު މާލީ ބަޔާން އޮޑިޓާ ޖެނަރަލަށް ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި ޔާމީން މާލީ ބަޔާން ހުށަހަޅުއްވީ ވެރިކަމުގެ އެންމެ ފަހު ދުވަހުއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި ޔާމީން އޮޑިޓާ ޖެނަރަލަށް ހުށަހެޅުއްވި މާލީ ބަޔާން ފުލުހުންނަށް އެ އޮފީހުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފުލުހުންނަށް އެ ބަޔާން ހުށަހަޅާފައި ވަނީ ޔާމީން ރައީސްކަމުގައި ހުންނެވި މުއްދަތުގައި ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅައި ތަހުގީގު ކުރަމުންދަނިކޮށެވެ.

ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނެއްހާ ރުފިޔާ ފްރީޒުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް