Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 21:07
އަދާލަތު ޕާޓީގެ ހަމައެކަނި މެންބަރު އަނާރާ ނައީމް
އަދާލަތު ޕާޓީގެ ހަމައެކަނި މެންބަރު އަނާރާ ނައީމް
މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލިސް
ޢަދާލަތު ޕާޓީއިން މަޖިލީހަށް ވާދާކުރުމަށް މިފަހަރުވެސް އަނާރާއަށް ޓިކެޓް ދީފި.
ޓިކެޓް ދީފައިވަނީ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިގެން

ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީ ކަމަށްވާ އަދާލަތު ޕާޓީ އިން ރައްޔިތުންގެ މަޖިލީހުގެ އަންނަ އިންތިޚާބުގެ ޓިކެޓް ދޭ ފުރަތަމަ ކެންޑިޑޭޓަކަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެއްޖެއެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވީ އަނާރާ އަށް މަޖިލީހުގެ ޓިކެޓް ދީފައި ވަނީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. އަނާރާ އަށް މި ފަހަރު ވެސް ޓިކެޓް ދީފައި ވަނީ މަކުނުދޫ ދާއިރާއަށެވެ. 

ނަޒީރު ވިދާޅުވީ އެ ޕާޓީން މިހާތަނަށް މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ދީފައި ވަނީ އަނާރާ އަށް ކަމަށާއި އޭނާ އަށް ޓިކެޓް ދީފައި ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުން އެގޮތަށް ނިންމުމުން ކަމަށެވެ. 

"އަނާރާއަށް ޓިކެޓް ދީފައި ވަނީ އަންހެން ބޭފުޅަކަށް ވުމާއި މިހާތަނަށް މަކުނުދޫ ދާއިރާގައި ހުންނަވައި ކުރެއްވި މަސައްކަތްޕުޅު ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން. އަދި މީޑިއާއި ގާތްގުޅުމެއް ބަހައްޓަވާތީއާއި އެހެނިހެން ކަންތައްތަކަށް ބެލުމަށްފަހު ޕާޓީގެ މަޝްވަރާ މަޖިލީހުން އެގޮތަށް ނިންމެވީ،" ނަޒީރު ވިދާޅުވިއެވެ.

އިތުރު ފަރާތަކަށް އެޕާޓީން މިހާތަނަށް ޓިކެޓް ދީފައި ނުވަނީ، ޓިކެޓް ދިނުމަށް ކަނޑައަޅާ ޚާއްސަ އުސޫލެއް ހެދުމަށް ތައްޔާރުވާތީ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދާލަތު ޕާޓީން އިތުރު ދާއިރާތަކަށް ކެންޑިޑޭޓުން ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނާރާ އަކީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރު ވެސް މެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް