Advertisement
ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 07:59
ދިވެހިން ކޮޗިން އެއަރޕޯރޓް ކައިރީގައި މަޑުކޮށްގެން
ދިވެހިން ކޮޗިން އެއަރޕޯރޓް ކައިރީގައި މަޑުކޮށްގެން
ގޫގުލް
ދިވެހިން ހާލުގައި ޖެހިފައި
ފްލައިޓްތަކުން ޖާގަ ލިބުނު ވަރަކުން ދިވެހިން ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުން!
ހޮނިހިރު ދުވަހު ސްރީލަންކަން އެއަރލައިންސްގެ ފްލައިޓުން 4 ދިވެހިން ފުރުވާލާފައިވޭ
ނުފުރި ބާކީ ތިބި 58 ދިވެހިން މައްސަލަ ހައްލުވިހާ އަވަހަކަށް ފުރުވާލާނެ

އިންޑިއާގެ ކޮޗިންގެ އެއަރޕޯޓުގައި ތާށިވެފައި ތިބި ދިވެހިން، ފްލައިޓްތަކުން ޖާގަ ލިބުނު ވަރަކުން ފުރުވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ކޮޗިން އެއާރޕޯރޓްގެ އިސް ފަރާތްތަކުން ބުނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ހާލަތާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހުކުރުދުވަހުގެ ހަވީރު 15:25 ގައި އިންޑިއާގެ ކޮޗިންގެ އެއަރޕޯރޓުން ސްރީލަންކާއަށާއި ސ. ގަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ޔޫއެލް 166 ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެއާރޕޯރޓުގައި ގިނައިރުތަކެއް ވަންދެން އެމީހުން މަޑުކުރަން ޖެހުނު ކަމަށާއި ނަމަވެސް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ހޮޓާތަކަށް ބަދަލު ކުރެވިފައި ވާކަމަށެވެ.

ފްލައިޓްތަކުން ޖާގަ ލިބެމުންދާ ވަރަކުން އެ މީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އެގޮތުން، ހޮނިހިރު ދުވަހު ސްރީލަންކަން އެއަރލައިންސްގެ ފްލައިޓުން ހަތަރު ދިވެއްސަކު ފުރުވާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.  

ނުފުރި ބާކީ ތިބި 58 ދިވެހިން، ފްލައިޓަށް ދިމާވެފައިވާ މައްސަލަ ހައްލުވިހާ އަވަހަކަށް ފުރުވާލާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ފްލައިޓަށް މައްސަލަ ދިމާވިކަން އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ސަމާލު ކަމަށް އައުމުން ދިވެހިންނަށް ދިމާވި ކަންކަމާ ގުޅިގެން ކޮޗިން އެއަރޕޯރޓުގެ މެނޭޖްމަންޓްގެ އިތުރުން ސްރީލަންކަން އެއަރލައިންސްގެ އިސް ފަރާތްތަކާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކޮށް، މިނިސްޓްރީންނާއި އިންޑިއާގެ ތްރިވަނަންތަޕުރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ދިވެހިންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ވެސް މިނިސްޓރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް