ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 18:53
އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ (ވ) އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ (ކ)
އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ (ވ) އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ (ކ)
ސޯޝަލް މީޑިއާ
ލަންކާގެ ސިޔާސީ މަސްރަހު
ލަންކާގެ ބޮޑު ވަޒީރުކަމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ ރައީސް ސިރިސޭނާއަށް އާ ސަރުކާރެއް އައްޔަނުކުރުމަށް މަގު ފަހި ކޮށްދެއްވަން

ސްރީލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމުން، މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ރާޖަޕަކްސަ އޭނާގެ އިސްތިއުފާގެ ސިޓީގައި ސޮއި ކުރެއްވީ އޭނާގެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި މީޑިއާގެ ކުރިމަތީގައެވެ.

އިސްތިއުފާއާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި ރާޖަޕަކްސަ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ސިރިސޭނާއަށް އާ ސަރުކާރެއް އައްޔަނުކުރުމަށް މަގު ފަހި ކޮށްދެއްވަން ކަމަށެވެ. އަދި ބޮޑު ވަޒީރުކަމުގެ މަގާމާ ހަވާލުވީ ވަގުތީ ގޮތުން ކަމަށް ވެސް ރާޖަޕަކްސަ ހާމަ ކުރެއްވިއެވެ.

ރާޖަޕަކްސަ އިސްތިއުފާ ދެއްވި އިރު މިދިޔަ ހަފްތާގައި އެ ގައުމުގެ ކޯޓް އޮފް އެޕީލްސްއިން ވަނީ އޭނާއަށް ބޮޑު ވަޒީރުކަމުގެ މަގާމުގެ މައްސޫލިއްޔަތު އަދާކުރުން މަނާކޮށް ކޯޓު އަމުރެއް ނެރެފައެވެ. އެ ދުވަހުން ފެށިގެން ލަންކާގައި ސަރުކާރެއް ނެތުމުގެ ސަބަބުން އެ ގައުމުގެ އަންނަ އަހަރުގެ ބަޖެޓު ފާސް ނުކުރެވިދާނެ ކަމުގެ ބިރު ވެސް އޮތީ ހީވެފައެވެ. ދެ ފަހަރެއްގެ މަތިން ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ވެސް އެ ގައުމުގެ ގާނުނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ އާދީއްތަ ދުވަހުގެ ކޮންމެވެސް ވަގުތެއްގައި މަގާމުން ދުރުކުރެވުނު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާއި އެކު ސަރުކާރެއް އުފެއްދުމަށް ރައީސް ސިރިސޭނާ ދައުވަތު އަރުވާނެ ކަމަށެވެ. ނަމަވެސް ރައީސް ސިރިސޭނާ ވަނީ ރަނިލް އާއިއެކު ދުވަހަކުވެސް މަސައްކަތް ކުރަން ބޭނުންފުޅު ނުވާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް