ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 19:59
ނާދިޔާ މުރާދު
ނާދިޔާ މުރާދު
ރޮއިޓަރސް
ނާދިޔާ މުރާދު
ނޯބެލް ސުލްހައިގެ އިނާމަށް ލިބުނު ލާރިން ހޮސްޕިޓަލެއް އަޅަނީ
ހޮސްޕިޓަލް ޚާއްސަ ކުރާނީ އަންހެނުނަށް

އިރާގުގެ ޔަޒީދީ އަންހެނެއް ކަމަށްވާ ނާދިޔާ މުރާދަށް ނޯބެލް ސުލްހައިގެ އިނާމުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ހޭދަކުރާނީ، އޭނާގެ އަވަށުގައި ހޮސްޕިޓަލެއް އަޅަން ކަމަށް ނާދިޔާ ބުނެފިއެވެ.

އިރާގުގެ ދެކުނުގައި އޮންނަ ސިންޖަރް އަވަށުގައި އަޅާ ހޮސްޕީޓަލް ހާއްސަ ކުރާނީ އައިއެސްގެ ނަމުން މަޝްހޫރުވެފައިވާ ހަނގުރާމަވެރި ޓެރެރިސްޓް ޖަމާއަތެއް ކަމަށްވާ ދައީޝް ޖަމާއަތުގެ ސަބަބުން ޖިންސީ ޝިކާރާއަކަށް ވެފައިވާ އަންހެނުންނަށްކަމަށް ނާދިޔާ އާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އުމުރުން 26 އަހަރުގެ ނާދިޔާ ބުނީ ހޮސްޕިޓަލް އެޅުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތާއި ބެހޭގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ވަރަށް އަވަހަށް ވާހަކަ ދައްކާނެ ކަމަށް ނާދިޔާ ބުންޏެވެ.

ނާދިޔާ އަކީ 2014 ވަނަ އަހަރު ދައީޝް ޖަމާޢަތުން އިރާގުގެ އުތުރުން ވަގަށް ނެގި 7000 ޔަޒީދީ އަންހެނުންގެ ތެރެއިން އެކަކެވެ. ދައީޝްގެ ހަނގުރާމަވެރިން ވަނީ ނާދިޔާއަށް ޖިންސީ ގޮތުން އެތައް އަނިޔާ ތަކެއް ކޮށްފައެވެ.

ތިން މަސްވަންދެން ދައީޝްގެ އަޅުވެތިކަމުގެ ދަށުގައި އުޅުމަށް ފަހު އޭނާ ވަނީ ފިލައިގެން ޖަރުމަނަަށް އެތެރެވެފައެވެ.

ފިލައިގެން ދިއުމަށް ފަހު ނާދިޔާ ވަނީ ޖިންސީ ޝިކާރައަށް ވެފައިވާ އެތައް އަންހެނުންނެއް ސަލާމަތް ކޮށްދީފައެވެ.

އޭގެ ފަހުން، އޭނާއަށް ކުރިމަތިވި ކަންތައްތަކާއި ބެހޭގޮތުން އޭނާ ވަނީ ފާޅުގައި ވާހަކަ ދައްކާފައެވެ. 2016 ވަނަ އަހަރު އދ.ގެ ގުޑްވިލް އެންބެސެޑަރ އޮފް ސަރވައިވަރޒް އޮފް ހިއުމަން ޓްރެފިކިން ގެ މަޤާމުގެ އޭނާއަށް ވަނީ ދީފައެވެ. ހަމަ އެއަހަރު ކައުންސިލް އޮފް ޔޫރަޕްގެ ހިއުމަން ރައިޓްސް ޕްރައިޒް އެވޯޑްވެސް އޭނާއަށް ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް