Advertisement
ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 18:10
މިނިސްޓަރު މާރިޔާ ސިފައިންގެ ފްލެޓް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ
މިނިސްޓަރު މާރިޔާ ސިފައިންގެ ފްލެޓް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ
އެމްއެންޑީއެފް
ސިފައިންގެ ފްލެޓް
ސިފައިންގެ ފްލެޓްގެ މަސައްކަތް ކުރިއަށް ދާގޮތް ޑިފެންސް މިނިސްޓަރު ބައްލަވާލައްވައިފި
އިމާރާރުތުގެ އިންޓީރިއާ ޑިޒައިން ހުންނާނެ ގޮތުގެ މައުލާމާތު އޮޅުން ފިލުއްވި
ޕާކިން ނިޒާމުގެ މައްސަކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާލެއްވި

ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި އިމާރަތް ކުރަމުންދާ "ސިފްކޯހިޔާ" ފްލެޓްގެ މަސައްކަތް ކުރިއަށް ދާގޮތް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްލަވާލައްވައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހޮނިހިރު ދުވަހު ހެނދުނު މިނިސްޓަރު މާރިޔާ ސިފައިިންގެ ފުލެޓްތައް ކުރިޔަށް ދާ ހުޅުމާލެ ސައިޓަށް ވަޑައިގަންނަވާ، މަސައްކަތް ކުރިއަށްދާ ގޮތާއި، މަސައްކަތުގެ ބާރުމިނާއި، އިމާރާރުތުގެ އިންޓީރިއާ ޑިޒައިން ހުންނާނެ ގޮތުގެ މައުލާމާތު އޮޅުން ފިލުއްވާފައިވާ ކަމަށެވެ. އަދި އިމާރާތުގައި ގާއިމް ކުރާ ޕާކިން ނިޒާމުގެ މައްސަކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާލާފައިވާ ކަމަށެވެ. 

އެމްއެމްޑީއެފުން ބުނީ ސިފައިންނަށް ހާއްސަކޮށް ހަދަމުންދާ ފުލެޓްތަކަކަށްވާތީ ސަަލާމާތި ކަންކަން ހުރިގޮތް ވެސް ބައްލަވާ މައުލޫމާތު އޮޅުންފިލުއްވާފައިވާ ކަމަށެވެ. 

މިިޒިޔާރަތުގައި މިނސްޓަރު މާރިޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ސިފްކޯގެ އިސްވެރިން ވަނީ ބައިވެރިވެ ވަަޑައިގެންފަ އެވެ.

މިނިސްޓަރު މާރިޔާ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސިފައިންނަށް އިމާރާތް ކުރަމުން އަންނަ ފްލެޓްތައް އަވަހަށް ނިންމުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ސިފައިންގެ ފްލެޓްތައް އެއް އަހަރުގެ ތެރޭގައި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް