ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 10:14
މަލްވެނީ ވަނީ އެ މަގާމަށް އައްޔަން ކުރެވުން އެއީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއްކަމަށް ވިދާޅުވެފަ
މަލްވެނީ ވަނީ އެ މަގާމަށް އައްޔަން ކުރެވުން އެއީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއްކަމަށް ވިދާޅުވެފަ
މުހައްމަދު ޝަރުހާން
ވައިޓް ހައުސް
ވައިޓް ހައުސްގެ އެކްޓިންގ ޗީފް އޮފް ސްޓާފް ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
ޗީފް އޮފް ސްޓާފްގެ މަގާމުން ޖޯން ކެލީ ވަކިވެ ވަޑައިގަންނަވާނީ އަހަރު ނިމުމުން

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ޑިރެކްޓަރ އޮފް އޮފީސް މެނޭޖްމަންޓް އެންޑް ބަޖެޓް ގެ މަގާމުގައި ހުންނެވި މިކް މަލްވެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައްޔަންކުރައްވައިފިއެވެ.

އުމުރުން 51 އަހަރުފުޅުގެ މަލްވެނީ އެ މަގާމަށް އައްޔަން ކުރީ މި އަހަރު ނިމުމުން މަގާމުން ދުރަށް ވަޑައިގަންނަވާ ޖެނެރަލް ޖޯން ކެލީގެ ބަދަލުގައެވެ.

ރައީސް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި ޖޯން ކެލީ ސިފަ ކުރައްވާފައިވަނީ ގައުމަށްޓަކައި ފިދާވި މީހެއްގެ ގޮތުގައެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ކެލީއަށް ނިސްބަތްކޮށް "ގަމާރަށް" ގޮވިކަން ދޮގުކުރެއްވުމަށް ޓްރަމްޕްވަނީ މަޖުބޫރުކުރުވާފައެވެ.

އެެވާހަކަ ފެންމަތިވެފައިވަނީ ރައީސް ޓްރަމްޕްއާއި ބެހޭގޮތުން އިންވެސްޓިގޭޓިވް ޖާނަލިސްޓް ބޮބް ވުޑްވާޑް ލިޔުއްވި ފޮތުގައި އެވާހަކަ ހިމަނާފައިވުމުންނެވެ.

ޖެނެރަލް ކެލީއަށް ނިސްބަތްކުރައްވައި ރައީސް ޓްރަމްޕް ތަކުރާރުކޮށް އެތައް ފަހަރަކު އެ ބަސް ބޭނުންކުރައްވާފައިވާއިރު ކެލީއަށް ކަމެއް ވިސްނައިދޭން އުޅުމަކީ މާނައެއްނެތްކަމެއްކަމަށްޓްރަމްޕް ވިދާޅުވެފައިވާކަމަށްވެސް ފޮތުގައިވެއެވެ.

ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރެވުނު މަލްވެނީ ވަނީ ސަރުކާރުގައި އައުދަޔާޚިލާފް ބޮޮޑެތި މަސައްކަތްތަކެއް ކުރައްވާފައިކަމަށް ރައީސް ޓްރަމްޕް ވިދާޅުވެ އޭނާއަށްވަނީ ތައުރީފްކުރައްވާފައެވެ.

މަލްވެނީ ވަނީ އެ މަގާމަށް އައްޔަން ކުރެވުން އެއީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއްކަމަށް ވިދާޅުވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް