ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 19:49
އިސްރާއީލާއި ފަލަސްތީނާ ދެމެދު އެންމެ ޚިޔާލުތަފާތުވެފައިވާ މައްސަލައަކީވެސް ގުދުސްގެ މައްސަލަ
އިސްރާއީލާއި ފަލަސްތީނާ ދެމެދު އެންމެ ޚިޔާލުތަފާތުވެފައިވާ މައްސަލައަކީވެސް ގުދުސްގެ މައްސަލަ
ރޮއިޓަރސް
މެދުއިރުމަތީގެ މައްސަލަ
ހުޅަނގު ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް: އޮސްޓްރޭލިއާ
ގުދުސްއަކީ އިސްރާއީލުން ފޭރިގެންފައިވާ ބިމެއް

ހުޅަނގު ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ކަށަވަރުކޮށްދެއްވައިފި އެވެ.

އެހެން ނަމަވެސް ސުލްހައިގެ އެއްބަސްވުމަކަށް ނާންނަނީސް ތެލްއަވީވްގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުުރުން އޭނާ ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ހެދުމަށް ކުރަމުންދާ އުއްމީދު ވެސް ބަލައިގަންނަކަމަށެވެ.

ގުދުސްގެ މައްސަލައަކީ އިސްރާއީލާއި ފަލަސްތީނާއި ދެމެދު އެންމެ ވާދަވެރިކަން އުފެދިފައި އޮންނަ މައްސަލައެވެ.

ފަލަސްތީނުގެ ގަދީމީ ސިޓީއެއް ކަަށްވާ ގުދުސް އެއީ އިިސްރާއީލުގެ ވެރި ރަށް ކަމަށް މިދިޔަ އަހަރުގެ ކުރީކޮޅު އެެމެރިކާއިން ކަނޑައެޅުމުން ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ވަނީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ފާޑުކިޔުމާ ކުރިމަތިވެ ވަޑައިގެންފައެވެ.

އެމެރިކާއިން ވަނީ އިސްރާއީލުގެ ތެލްއަވީވުގައި ހުރި އެ ގައުމުގެ އެމްބަސީ މިދިޔަ މެއިމަހު ގުދުސްއަށް ބަދަލުކޮށްފައެވެ.

ބޮޑުވަޒީރު މޮރިސް ފަލަސްތީނުގެ މައްސަލައިގައި ނިންމެވި ނިންމެވުން ހާމަކުރައްވާފައި މި ވަނީ އެ ގައުމުގެ ސިޔާސީ ފަރާތްތަކާއި އަދި އެކުވެރި އެހެން ގައުމުތަކާ މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

ފަލަސްތީނާއި އިޒްރާއިލާ ދެމެދު ސުލްހަވެރިކަމަށް އެޅިގެންދާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ދެ ގައުމުން ގުދުސް ބޭނުންވުމެވެ. 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމާގައި އިޒްރާއިލުން ވަނީ ގަދަކަމުން  ގުދުސް ފޭރިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް