ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 07:15
ތުރުކީގެ ރައީސް އުރުދުގާން
ތުރުކީގެ ރައީސް އުރުދުގާން
މުހައްމަދު ޝަރުހާން
ޙާޝުގްޖީގެ ގަތުލު
ހަޝޯގީގެ މަރާލުމުގައި ވަލީއަހުދުގެ ގާތް ބަޔަކު ބައިވެރިވިކަން އޯޑިއޯއިން ޔަގީންވޭ: އުރްދުޣާން
ހަޝޯގީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި

ނޫސްވެރިޔާ ޖަމާލް ހަޝޯގީ މަރާލުމުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ގާތް މީހުން ބައިވެރިވިކަން، ލިބިފައިވާ އޯޑިއޯއިން ޔަގީންވާ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

"އޯރގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން"ގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުރްދުޣާން ވިދާޅުވީ ގަތުލުގައި ބައިވެރިވި މީހުންނަށް އަމަލުކުރަންވީ ގޮތް ކިޔައިދިނީ ކަން ވަރަށް ރަނގަޅަށް ދަންނަ "ޕްރޮފެޝަނަލުންތަކެއް" ކަމަށެވެ.

އުރްދުޣާން އިތުރަށް ވިދާޅުވީ ސައުދީ ޕަބްލިކް ޕްރޮސިކިއުޓަރު، ސައުދް އަލް-މުޖާބް މި ފަހުން ތުރުކީއަށް ކުރި ދަތުރުގައި އައު މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ހަޝޯގީގެ މައްސަލައިގައި ބައެއް ގައުމުތަކުން ހިމޭނުން ތިބުމުން އުރްދުޣާން ވަނީ ކަންބޮޑުވުން  ފާޅުކުރައްވައިފައެވެ. ހަޝޯގީގެ މަރާލުމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ބުނެ އެމެރިކާގެ ސެނެޓުން ފާސްކުރި ބިލަށް އުރުދުޣާން ވަނީ ތާއީދު ކުރައްވާފައެވެ. ނަމަވެސް މިކަން މި ހިސާބުން ނިމިގެން ނުވާނެ ކަމަށް ވިދާޅުވެ އެ މަރަށް އިންސާފު ހޯދަން ކުރާ މަަސައްކަތަށް ކާމިޔާބު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވިއެވެ.

ހަޝޯގީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އެވެ. އެ ޖަރީމާގައި ވަލީއަހުދު މުހައްމަދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް