Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 21:55
ކޮޗިން އެއަރޕޯޓުގައި ތާށިވެފައި ތިބި ދިވެހިން އެއާޕޯޓްގައި ނިދަނީ
ކޮޗިން އެއަރޕޯޓުގައި ތާށިވެފައި ތިބި ދިވެހިން އެއާޕޯޓްގައި ނިދަނީ
ކިޔުންތެރިޔެއް
ދިވެހި ދަތުރުވެރިން ހާލުގައި ޖެހުން
ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!
ކުޑަކުދިންނާއި ބަލި މީހުންވެސް ހިމެނޭ

 

ސްރީލަންކަން އެއާލައިންސްގެ ފްލައިޓަށް ޖެހުނު މައްސަލައެއްގެ ސަބަބުން އިންޑިއާގެ ކޮޗިން އިން ރާއްޖެ އައުމަށް ހަމަޖެފައިވާ ދިވެހިންނަށް ނުފުރި ކޮޗިން އެއާޕޯޓްގައި ތާށިވެއްޖެ އެވެ.

ކޮޗިންއިން ކޮލަމްބޯ އަށް އިއްޔެ ފުރަން ހަމަޖެހިފައި އޮތް ފްލައިޓުން ނުފުރި ކޮޗިން އެއާޕޯޓްގައި ގާތްގަނޑަކަށް ހަތްދިހަ ވަރަކަށް ދިވެހިން ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެތެރޭގައި ތެރޭގައި ކުޑަކުދިންނާއި ބަލި މީހުން ވެސް ހިމެނެއެވެ.

ހުކުރު ދުވަހު މެންދުރެންހާއިރުން ފެށިގެން އެ މީހުން އެއާޕޯޓްގައި ތާށިވެފައިވާ ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސްރީ ލަންކަންގެ ފްލައިޓަށް ޕަސެންޖަރުން އަރުވާފައިވާ ފަސް ވަރަކަށް ގަޑިއިރު ބޭތިއްބި އެވެ. 

"އެ މީހުން ބުނީ ޓްރިވެންޑްރަމްއަށް ބަހެއްގައި ދާން. އެއީ ފަސް ގަޑި އިރުގެ ދަތުރެއް. ކުޑަކުދިންނާއި ބަލި މީހުން ވެސް އެބަތިބި" އޭނާ ބުންޏެވެ.

މީގެ އިތުރުން އެ މީހުންނަށް ހުންނާނެ ތަނަކާއި ކެއުން ހަމަޖައްސައި ދޭނެ ކަމަށް ބުނި ނަމަވެސް، އެ އިންތިޒާމުތައް ހަމަޖައްސައިދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ. 

ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ގަވައިދުގައިވާ ގޮތުގެ މަތިން ފްލައިޓަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި، ދަތުރުވެރިއަކަށް ފުރެން ދެން އޭނާއަށް ކެއިން ބުއިމާއި ހުންނާނެ ތަނެއް ހަމަޖައްސައި ދިނުން އެއީ އެއަރލައިނުގެ މައްޗަށް ލާޒިމް ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް