Advertisement
ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 07:01
ެިްއެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން
ެިްއެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން
ވައްކަންތައް ހަނދާން ކޮށްދިނުމަށް އެމްޑީޕީން މުޒާހަރާއަށް!
13:00 އެ ޕާޓީގެ ހަރުގެ ކުރިމައްޗަށް އެއްވުމަށް ވަނީ ގޮވާލާފަ
ޕީޕީއެމްއިން ވެސް ވަނީ ރައީސް ޔާމީންއާއި އެކު ހިނގާފައި ދިޔުމަށް އެ ޕާޓީގެ ސަޕޯޓަރުންނަށް ގޮވާލާފަ

ރައީސް އަބްދުﷲ ޔާމީން ޕޮލިހަށް ވަޑައިގަންނަވާނީ ހިންގަވާފައި ކަމަށް ޕީޕީއެމްއިން އިއުލާނުކުރުމާއެކު، އެ މަނިކުފާނާ ދެކޮޅަށް އެމްޑީޕީން ހޮނިހިރު ދުވަހު މުޒާހަރާކުރަން ނިންމައިފި އެވެ. 

އެމްޑީޕީން ކުރި ޓްވީޓްއެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ކޮށްފައިވާ ކަމަށް ތުހްމަތުކުރާ ވައްކަންތައް އޭނާއަށް ހަނދާންކޮށް ދޭން ދިވެހި ރައްޔިތުން ހޮނިހިރު ދުވަހު މެންދުރު 1:00 އަށް އެމްޑީޕީ ހަރުގެ ކުރިމައްޗަށް ކުނުކުތުމަށެވެ. 

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަން ނިންމާފައިވަނީ ގާނޫނާ ޙިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގެ ތަހުގީގަށް ހޮނިހިރު ދުވަހުގެ 14:00 އަށެވެ. ޕީޕީއެމްއިން ބުނެފައިވާ ގޮތުގައި އެ މަނިކުފާނު ސަޕޯޓަރުންނާއެކު ޕޮލިހަށް ވަޑައިގަންނަވަން ނުކުންނަވާނީ ޕީޕީއެމްގެ އޮފީހުންނެވެ. ޕީޕީއެމް އޮފީހާއި އެމްޑީޕީގެ ހަރުގެ ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ވަރަށް ކައިރީގަ އެވެ. 

ރައީސް ޔާމީން ސަރުކާރުގެ ލީގަލް އެފެއަރޒް މިނިސްޓަރު އާޒިމާ ޝުކޫރު ފޭސްބުކްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ހާޒިރު ކުރެވެނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ މަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައި ވާތީ އެ މައްސަލަ ބެލުމަށް ކަމަށެވެ. އާޒިމާ ވަނީ އެ އެކައުންޓަކީ ގާނޫނީ އޮނިގަނޑުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ޑިކްލެއަރ ކުރެއްވި އެކައުންޓެއް ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް