Advertisement
ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 21:24
ނާޒިމް ޖަލުގައި ނަގާފައިވާ ސެލްފީއެއް
ނާޒިމް ޖަލުގައި ނަގާފައިވާ ސެލްފީއެއް
ޓްވިޓަރ
އަހުމަދު ނާޒިމް
މިއަދަކީ މިނިވަންކަން ލިބުނު ފުރަތަމަ ދުވަސް ކަމަށް ވިދާޅުވެ، ނާޒިމް ޖަލުގައި ނަގާފައިވާ ސެލްފީއެއް އާންމު ކުރައްވައިފި
އިންސާނީ ހައްޤުތަކުން މަހްރޫމް ކުރުމުން ވެސް ރޫހު މަރާނުލެވުނު
އެއީ ޖަލުގެ ކުޑަ ގޮޅިއެއް ނޫން، އެއީ ރަނގަޅު ފެންވަރަށް ހަދާފައިވާ ބޮޑު ކޮޓަރިއެއް

މިއަދަކީ މިނިވަންކަން ލިބުނު ފުރަތަމަ ދުވަސް ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖަލުގައި ނަގާފައިވާ ސެލްފީއެއް އާންމު ކުރައްވައިފިއެވެ. 

ޖަލުގައި ނަގާފައިވާ ސެލްފީއާއެކު ނަގާފައިވާ ފޮޓޯއާއެކު ނާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ އޭނާ އަށް މިނިވަންކަން ލިބުނު ފުރަތަމަ ދުވަސް ކަމަށާއި, އެހެންކަމުން މިއަދު އާއިލާއަށާއި, ރަހުމަތްތެރިންނަށް އަދި ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ނާޒިމް ޓްވީޓް ކުރެއްވި ފޮޓޯ އިން ފެންނަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ތޮލްހަތު އިބްރާހިމް ކަލޭފާނާއި މިހާރުގެ ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ އެވެ.

މިފޮޓޯއަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ މިފޮޓޯގައި މިތިއްބެވީ ޖަލުގެ އެކުވެރިން ކަމަށާއި، ހުރިހާ ކަމެއް ތަހައްމަލު ކުރީ އެކުގައި ކަމަށެވެ. ޖަލުގައި ތިއްބެވި އެކަކު އަނެކަކަށްޓަކައި ގުރުބާންވެގެންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މިއަދު އެމީހުން ކުރި ދުއާ އިޖާބަ ކުރައްވައިފި ކަމަށެވެ. 

މީގެ އިތުރަށް ނާޒިމް ވިދާޅުވީ ޝައިހާއި ޓްރޭނިން ވެފައި ތިބި އަސްކަރީ ދެއޮފިސަރުންނާއި އިންޖިނިއަރެއް ކަމަށްވާ އޭނާ ބަންދުކޮށް އިންސާނީ ޙައްޤުތަކުން މަހްރޫމް ކުރުމުން ވެސް އެބޭފުޅުންގެ ރޫހު މަރާނުލެވުނު ކަމަށެވެ.

ނާޒިމް އާންމު ކުރެއްވި ފޮޓޯ އިން ފެންނަނީ ޖަލުގެ ކުޑަ ގޮޅިއެއް ނޫނެއެވެ. އެއީ ރަނގަޅު ފެންވަރަށް ހަދާފައިވާ ބޮޑު ކޮޓަރިއެކެވެ. 

ސުޕްރީމް ކޯޓުން އިއްޔެ އަހްމަދު ނާޒިމާއި, މުހައްމަދު ނާޒިމް މިނިވަން ކުރެއްވިއިރު, ކުރިން ވަނީ ތޮލްހަތާއި, އިމްރާން މިނިވަން ކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް