Advertisement
ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 18:05
ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ
ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރަސްރަނި ބަގީޗާ
ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް އަލުން ބަދަލު ކުރަނީ
ރަސްރަނި ބަގީޗާއިން ފީ ނަގަނީ ހަމައެކަނި ބިދޭސީންގެ އަތުން
ރަސްރަނި ބަގީޗާ ގެ ނަމަށް ބަދަލުކޮށް ހުޅުއްވައި ދެއްވީ ރައީސް ޔާމީން

ރަސްރަނި ބަގީޗާގެ ނަން  ސަލްޓަން ޕާކުގެ ނަމަށް އަލުން ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގެ ނަން، ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުޅުއްވާ ދެއްވާފައިވަނީ 21 އޯގަސްޓު 2017 ގައެވެ.

ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަންގާރަ ދުވަހު މާލޭ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުމަށް ސަލަޓަން ޕާކުގެ ނަން އަލުން ދިރުވާ ރަސްރަނި ޕާކުގެ ނަން ބަދަލުކުރުމަށް ތާވަލް ކުރާނެކަމަށެވެ.

ސަލްޓަންޕާކުގެ ނަން އަލުން ބަދަލުކުރުމަކީ ސަރުކާރުން ބާރުތައް ދިނުމުން މާލޭ ސިޓީ ކައުންސިލުން ނިންމާ ފުރަތަމަ ނިންމުމަށެވެ. ރަސްރަނިބަގީޗާގެ ނަމަށް ބަދަލުކޮށް އެ ޕާކު ހުޅުވިއިރު ގާތްގަނޑަކަށް 50 އެއްހާ އަހަރު ވަންދެންސަލްޓަން ޕާކުގެ ނަމުގައި އެތަން އޮތެވެ. އެޕާކަށް ދިވެހިންނަށް ހިލޭ ވަދެވޭއިރު ރަސްރަނި ބަގީޗާއިން ފީ ނަގަނީ ހަމައެކަނި ބިދޭސީ މީހުންގެ އަތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް