Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 23:53
ރައީސް އަބުދުﷲ ޔާމީން ފުލުހަށް ހާޒިރުވާން އެންގީ ހޮނިހިރު ދުވަހުގެ 14:00 އަށް
ރައީސް އަބުދުﷲ ޔާމީން ފުލުހަށް ހާޒިރުވާން އެންގީ ހޮނިހިރު ދުވަހުގެ 14:00 އަށް
ޓްވިޓަރ
ރައީސް ޔާމީން
ރައީސް ޔާމީން ހާޒިރުކުރަނީ މާލީ މައްސަލަތަކެއްގެ ތަހުގީގަށް: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕޮލިހަށް ހާޒިރުކުރަނީ ވެރިކަމުގައި ހުންނަވައިގެން ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ކަމަށް ފުލުހުން ބުނެފި އެވެ. 

ހިޔާނާތާއި ރިޝްވަތުގެ ތުހްމަތުތައް ކުރެވިފައިވާ ކުރީގެ ރައީސް ޔާމީން ޕޮލިހަށް ހާޒިރުވުމަށް އަންގާފައި ވަނީ ހޮނިހިރު ދުވަހު 2:00 އަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ހާޒިރުކުރަނީ ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ، ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ ލޯންޑްރިންގެ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އިން ވަނީ ފުލުހަށް ހުށަހަޅައިފައެވެ. 

ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލަތައް ސާބިތު ނުކުރެވޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 ޑިސެންބަރ 2018 | ހުކުރު 06:04
ގޮބޮޅިއަލީ
Hehe saabitheh nukureveyne, eyahvure vaguhe vagukan bodu