Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 23:26
ބިލް މަޖިލީހަށް ހުށަހެޅުނު ދުވަހު ޕީޕީއެމްގެ މަޖިލީސް މެމްބަރުން އިހްތިޖާޖްކުރަނީ
ބިލް މަޖިލީހަށް ހުށަހެޅުނު ދުވަހު ޕީޕީއެމްގެ މަޖިލީސް މެމްބަރުން އިހްތިޖާޖްކުރަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ދެ ކޮމިޝަނަށް ބާރުދޭ ބިލް ފާސްކުރުން ހޮނިހިރު ދުވަހުގެ ޖަލްސާއަށް!
ބިލް ދިރާސާކުރުމަށްފަހު ކޮމެޓީން ވަނީ ބިލަށް ބަދަލުތަކެއް ގެނެސްފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުފެއްދެވި ދެ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅަފައިވާ ބިލް ފާސްކުރުން ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޮނިހިރު ދުވަހުގައި ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފަ އެވެ.

ޖަލްސާގެ އެޖެންޑާގައިވާ ގޮތުން ހޮނިހިރު ދުވަހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ "ދައުުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅާނެ އެވެ. އަދި އެޔަށްފަހު ބިލަސް ވޯޓަށް އެހުމަށް ހަމަޖެހިފައިވެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފާސްކޮށްފައިވާއިރު، އެސިސްޓެންޓް ޕީޖީއަކާއެކު ވަކި ޑިޕާޓްމަންޓެއް ހަދަން އޮތް އޮތުންވެސް ބަދަލުކޮށްފައިވެއެވެ. އެ ބަދަލުތައް ގެނެސްފައިވަނީ ކަމާއިގުޅުހުން ހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމަށް ފަހު އެވެ.

ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރާއިރު، އިދިކޮޅު ޕީޕީއެމުން އަންނަނީ ބިލް ފާސްކުރުމާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިލް މަޖިލީހަށް ހުށަހެޅުނު ދުވަހު، ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރުން މުޒާހަރާކޮށް އަދުގަދަކޮށްފައިވެއެވެ. އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވަނީ ބިލް ފާސްކޮށްފިނަމަ ކޯޓަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް