Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 19:38
ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ފޮރިންގ މިނިސްޓްރީ
100 ދުވަސްތެރޭ ކުރަން ޖެހޭ ކަންކަން ފޮރިންގ މިނިސްޓްރީއިން ކޮށްފި
މިނިސްޓްރީއިން ކުރަން ޖެހޭ 2 ކަމެއް ވަނީ ޕްލޭންގައި ހިމެނިފައި

ފުރަތަމަ 100 ދުވަސްތެރޭ ކުރަން ސަރުކާރުން އިއުލާންކޮށްފައިވާ ކަންކަމުގެ ތެރެއިން، ޚާރިޖީ ވުޒާރާއިން ނިންމަން ޖެހޭ ކަންކަން މިހާރު ނިންމާފައިވާކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭ ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނެނީ 2 ކަމެކެވެ. އެއީ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ހުށަހެޅުމާއި، އދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަދި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި، މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމެވެ. 

ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމީ ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރެވެ. ރައީސް ސޯލިޙް ވެރިކަމަށް ވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ކޮމަންވެލްތާއި އަލުން ގުޅުމަށް ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން، ކޮމަންވެލްތަށް އަލުން ގުޅުމަށް މިހާރު ވަނީ ހުށަހަޅާފައެވެ. 

ފުރަތަމަ 100 ދުވަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު، ޚާރިޖީ ސިޔާސަތުގައި ހިމެނޭ އެހެން ކަންކަން މިހާރު ކުރިއަށްދާކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ. 

ސަރުކާރުގެ އެހެން ވުޒާރާތަކުންވެސް ފުރަތަމަ 100 ދުވަހު ކުރަން އެ ވުޒާރާތަކާއި ހަވާލުކޮށްފައިވާ ކަންކަން ބާރު ސްޕީޑްގައި ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް