Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 19:15
ޕީޕީއެމް - އެ ޕާޓީން އައިލެންޑް އޭވިއޭޝަނަށް ޖުމަލް 4.8 މިލިއަން ރުފިޔާ ދައްކަން ޖެހުނު
ޕީޕީއެމް - އެ ޕާޓީން އައިލެންޑް އޭވިއޭޝަނަށް ޖުމަލް 4.8 މިލިއަން ރުފިޔާ ދައްކަން ޖެހުނު
މުހައްމަދު ޝަރުހާން
ޕީޕީއެމް
ކެމްޕެއިން ދަތުރުތަކަށް ޕީޕީއެމުން ނުދައްކާ 3.8 މިލިއަން ރުފިޔާ ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ކޯޓަށް
ޕީޕީއެމްގެ ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ދައްކަން ޖެހުނު
އޭގެތެރެއިން 1 މިލިއަން ކުރިން ދައްކާފައިވޭ

ކެމްޕޭން ދަތުރުތައް ކުރުމަށްފަހު ޕީޕީއެމުން، ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ނުދައްކާ އޮތް 3.8 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅައިިފި އެވެ. 

އެ ފައިސާއަކީ ކެމްޕޭން ތެރޭގައި "ޕީޕީއެމްގެ ސައިޒު ދައްކާލާ ބޮޑު ޖަލްސާ" ބޭއްވުމަށް، އައިލެންޑް އޭވިއޭޝަންގެ ފްލައިޓްތައް ޗާޓަރކޮށް، ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ އެވެ. އެ ކެމްޕޭން ހަރަކާތާއެކު، ޕީޕީއެމުން ޖުމްލަ 4.8 މިލިއަން ރުފިޔާ، އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހުނު އެވެ. 

ފައިސާ ނުދައްކާކަން މީޑިއާތަކުން ހާމަކުރުމާއެކު ޕީޕީއެމުން ވަނީ އެ ފައިސާގެ ތެރެއިން 1 މިލިއަން ރުފިޔާ ދައްކާފަ އެވެ. ނަމަވެސް ބާކީ 3.8 މިލިއަން ރުފިޔާ ޕީޕީއެމުން މިހާތަނަށް ދައްކާފައެއް ނުވެ އެވެ. 

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ޕީޕީއެމުން އެ ފައިސާ ނުދެއްކުމުގެ ސަބަބުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. 

އައިލެންޑް އޭވިއޭޝަނުން މީގެކުރިން ވަނީ އެ ކުންފުންޏަށް ޕީޕީއެމުން ދައްކަންޖެހޭ ފައިސާ، އެ ޕާޓީއަށް ދައުލަތުންދޭ ފައިސާގެ ތެރެއިން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ އެއީ ކޮމިޝަނަށް ކުރެވޭނެކަމެއް ނޫން ކަމަށް ބުނެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް