Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 18:48
ނައިބް ރައީސް ފައިސަލް ނަސީމު ފުވައްމުލަކުގެ ހޮސްޕިޓަލަށް ވަޑައިގަންނަވަނީ
ނައިބް ރައީސް ފައިސަލް ނަސީމު ފުވައްމުލަކުގެ ހޮސްޕިޓަލަށް ވަޑައިގަންނަވަނީ
ރައީސް އޮފީސް
ނައިބްރައީސް
ނައިބް ރައީސް ފައިސަލް ފުވައްމުލަކަށް ވަޑައިގެންފި
ފުވައްމުލަކުގެ މުހިންމު މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާ މުއައްޒަފުންނާއި ބައްދަލުކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ. 

ނައިބް ރައީސް ފައިސަލް އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގަތީ ބުރާސްފަތި ދުވަހުއެވެ. 

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފުވައްމުލަކު ސިޓީ ކައުންސިލަށާއި، ފުވައްމުލަކު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށާއި، ފުވައްމުލަކު ޑިޓޮކްސިފިކޭޝަން ސެންޓަރަށް އަދި ފުވައްމުލަކު ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވައި، އެތަންތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރަށް ރައީސް އޮފީހުން ބުނީ ނައިބް ރައީސް ފައިސަލްގެ މިދަތުރުފުޅުގައި ފުވައްމުލަކު ސްކޫލް ވަށައިގެން އޮންނަ މަގުތަކުގެ ޙާލަތު ބައްލަވައިލައްވައިފައިވާ ކަމަށެވެ. 

މިއީ ފައިސަލް ނައިބް ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ އުފަން ރަށް ފުވައްމުލަކަށް ވަޑައިގެންނެވި ފުރަތަމަ ފަހެރެވެ.

ނައިބް ރައީސް ފައިސަލް އައްޑޫއާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގައި މާލެއިން ފުރާވަޑައިގެންނެވީ ބުދަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް