Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 17:45
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މާާލިއްޔަތު ކޮމިޓީ
ރައީސް ޔާމީނުގެ ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ދިރާސާ ރިޕޯރޓް ފިނޭންސް މިނިސްޓްރީން ހޯދުމަށް ކޮމިޓީން ފާސްކޮށްފި
މާލިއްޔަތު ގާނޫނު ބުނާ ގޮތުން ދިރާސާ ރިޕޯރޓް ހުށަހަޅަންޖެހޭ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ދިރާސާ ރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި ނުވާތީ، ފިނޭންސް މިނިސްޓްރީން އެ ރިޕޯރޓް ހޯދުމަށް ބުރާސްފަތި ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ އެއްވެސް ލޯނެއްގެ ދިރާސާ ރިޕޯރޓް މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ފޮނުވާފަ އެއް ނުވެއެވެ. މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ގޮތުގައި ދައުލަތުން އެއްވެސް ދަރަންޏަކަށް ފާއިސާ ނަގަންވާނީ ނުވަތަ ގެރެންޓީ އެއް ދޭންވާނީ އެ ދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީ އެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހުގައެވެ.

ކޮމިޓީގެ މެމްބަރުން ވަނީ ސަރުކާރުން ލޯން ނަގާފައިވާއިރު، މާލިއްޔަތު ގާނޫނުގައި ބުނާ ދިރާސާ ރިޕޯރޓް ކޮމިޓީއަށް ހުށަހަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަރުކާރުން ދިރާސާ ރިޕޯރޓް ހުށަހަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު ވިދާޅުވީ ކުރީގެ ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ހަދާފައިވާ ދިރާސާ ރިޕޯރޓްތައް ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ.

"މިހާރު ނަގާފައި ހުރި ލޯނާއި މި ދިހަ ލޯން އެއްކޮށް ސްޓްރެޗް ކޮށްލީމައި ދިހަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓް ކުރާނީ ކޮން އަސަރެއްތޯ ކިހިނެއްތޯ އަޅުގަނޑުމެންގެ ޑެތް ރޭޝިޔޯ އުޅެނީ ކިހިނެއްތޯ. މިއީ ފައިނޭންސް މިނިސްޓަރު ކުރަންޖެހޭ ކަމަކީ. މި ދިރާސާ ހެއްދެވިތޯ. މި އެއްދެވި ކޮބައިތޯ.މި ހުރިހާ ލޯންތަކާއި ގުޅިގެން" ނާޝިދު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސަރުކާރުން އަމިއްލަ ފަރާތަކަށް 172 މިލިޔަން ޑޮލަރުގެ ސޮވެރިންގ ގެރެންޓީ ދީފައިވާތީ، ސަރުކާރުން އެވަރުގެ ލޯނެއް އަމިއްލަ ފަރާތަކަށް ދީފައިވާ ސަބަބު ފިނޭންސް މިނިސްޓްރީން ހޯދުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީގެ މެމްބަރުން ފާހަގަކޮށްފައި ވަނީ ސަރުކާރުން އެވަރުގެ ބޮޑު ލޯނެއް އަމިއްލަ ފަރާތަކަށް ދޭން ޖެހުނީ ކީއްވެގެންތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެ ވަރުގެ ލޯނެއް އަމިއްލަ ފަރާތަކަށް ދީގެން ސަރުކާރަށް ކުރާނެ ފާއިދާ އަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށް ކޮމިޓީގައި މެމްބަރުންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ދައުލަތުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކުގެ ޕާރފޯމެންސް އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެންގުމަށް ކޮމިޓީން ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް