Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 13:31
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އޭރު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކަށް ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހް އާއި ރަނިންމޭޓް ފައިސަލް ނަސީމް، ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދުއާ ބަދަލު
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އޭރު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކަށް ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހް އާއި ރަނިންމޭޓް ފައިސަލް ނަސީމް، ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދުއާ ބަދަލު
ރާއްޖެއެމްވީ
ހަމްދޫން ރަޝީދު
21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރަކީ މުހައްމަދު ހަމީދު

އެކާވީސް އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރެއްވީ އިޚްލާސްތެރިކަމާއެކު ކަމަށް ޕޮލިސް ކޮމިޝަނަރުގެ މަގާމުން ބުދަ ދުވަހު ރިޓަޔާކުރެއްވި ހަމްދޫން ރަޝީދު ވިދާޅުވެއްޖެއެވެ.

ހަމްދޫންގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 1997 ގައި ގައުމީ ޚިދުމަތަށް ނެރުނު ދުވަހުން ފެށިގެން ޚިދުމަތް ދެމިހުރެ ޝަރަފުވެރިކަމާއެކު ރިޓަޔާ ވުމަށް ސަރުކާރުން އެންގެވުމާ ހަމައަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ކަމަށެވެ. އެ ޚިދުމަތް ކުރެވުނު ކަމަށްޓަކައި މާތްﷲ އަށް ހަމްދުކުރާ ކަމަށް ވިދާޅުވިއެވެ. ހަމްދޫން ވަނީ 21 އަހަރުގެ ގައުމީ ޚިދުމަތުގައި އެކި ގޮތް ގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު ދަންނަވަނަވާފައެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގެންފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ކޮމިޝަނަރގެ މަގާމަށް ހަމްދޫން އައްޔަންކުރެއްވީ އޮކްޓޯބަރ މަހުގެ އެއް ވަނަ ދުވަހުއެވެ. 

ހަމްދޫން އަށް ފަހު ޕޮލިސް ހިންގެވުމަށް ހަވާލުކުރައްވާފައިވަނީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) އާ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ޑިސެންބަރ 2018 | ބުރާސްފަތި 08:53
ބުނިޔާސް
ހަމްދޫން ތިހާ ޅައުމުރުގައި ގައުމަށް ޚިދުމަތް ނުކުރެވިހުރުމަކީ ވަރަށްދެރަކަމެއް