Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 13:13
އެމްޑީޕީގެ މެންބަރުންތަކެއް
އެމްޑީޕީގެ މެންބަރުންތަކެއް
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ 2018
އެމްޑީޕީ މަޖިލިސް ޕްރައިމަރީސް: މިހާތަނަށް 100 ކެންޑިޑޭޓުން ހުށައަޅައިފި
ބްރާސްފަތި ދުވަހުގެ 12:20 އާއި ހަމައަށް 100 ފޯމް ހުށައަޅައިފި
85000 ވުރެން ގިނަމީހުންނަށް މިފަހަރުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓްލެވޭނެ
ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 13ގައި އިއުލާން ކުރާނެ

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މިހާތަނަށް 100 ކެންޑިޑޭޓުން ފޯމް ހުށައަޅާފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އެމްޑީޕީގެ އިންތިޚާބާއިބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވާ މަޖިލީސް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކެނޑިޑޭޓުންނަށް ހުޅުވާލި ފުރުސަތުގައި ބުރާސްފަތި ދުވަހުގެ 12:20 އާއި ހަމައަށް 100 ފޯމް ހުށައަޅާފައިވާ ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަސް ކަމަށާއި ޕްރައިމަރީގެ ހުރިހާ އިންތިޒާމް ތަކެއް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މަނިކު ވިދާޅުވިއެވެ.

ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ލެވޭނީ މިމަހުގެ 7 ވަނަ ދުވަހުގެ 11:00ގެ ކުރިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި މެމްބަޝިޕް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރައިމަރީއާ ދިމާކޮށް 33000 އަށްވުރެ ގިނަ މީހުން އެމްޑީޕީއަށް ވަނުމަށް ފޯމް ހުށަހަޅާފައިވެ އެވެ. 

އަލަށް ގުޅުނު މެމްބަރުންނާއެކު އެމްޑީޕީގެ މެމްބަރުންގެ އަދަދު 85000 އަށް ވުރެ އިތުރު ވާނެ ކަމަށާއި އެ އެންމެނަށް ޕްރައިމަރީގައި ވޯޓް ލެވޭނެ ކަމަށް މަނިކު ވިދާޅުވި އެވެ. 

މިހާރު ކުރަމުން ދަނީ މެމްބަރޝިޕް ފޯމު ސައްހަތޯ ބެލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިންމުމަށް ފަހު ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 13 ގައި އިއުލާން ކުރާނެ ކަމަށް މަނިކު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް