Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 12:11
ސިނަމާލެ ބްރިޖުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓްގައި ދުއްވާފައި ދިޔަ ސައިކަލް ހަލާކުވެފައި
ސިނަމާލެ ބްރިޖުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓްގައި ދުއްވާފައި ދިޔަ ސައިކަލް ހަލާކުވެފައި
ރާއްޖެއެމްވީ
ހުޅުމާލެ އެކްސިޑެންޓް
ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓްގައި އެކެއްގެ ހާލު ސީރިއަސް!
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 36 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުންނަށް

ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ފަތިހު 5:30 ހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 36 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުންނަށެވެ. އެ ދެމީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު އެކެއްގެ ހާލު ސީރިއަސްކަމަށް ހުޅުމާލޭ ހޮސްޕިޓަލްއިން ބުނެ އެވެ. 


ހުޅުމާލެ ހޮސްޕިޓަލުން މިއަދު ބުނީ، އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި ދެމީހުން ވެސް މިހާރު އައިޖީއެމްއެޗަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ހާމައެއް ނުކުރައްވައެވެ.

ބްރިޖް މަތީގަ އާއި ހައިވޭގައި އައިސް ހައިވޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިއުމާއި، ވިސްނާނުލައި އޯވަޓޭކް ކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް