Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 11:46
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ
ދެ ކޮމިޝަނަށް ބާރު ދޭ ބިލް ކޮމިޓީން ފާސްކޮށްފި
މި ބިލަށް ބައެއް ބަދަލުތައް ގެނެސްފައިވޭ
ޕީޕީއެމްގެ މެމްބަރުން ބޭނުންވި ގޮތަށް ޖިނާއީ ތަހްގީގުކުރުމުގެ ބާރު ކޮމިޝަނަށް ދިނުން ނުހުއްޓުވުނު

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.  

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައި ވަނީ ބުދަ ދުވަހު އެވެ. 

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފެއްދި ދެ ކޮމިޝަނަށް ބާރުތައް ދިނުމަށް ބިލްގައި ބަޔާންކޮށްފައި އޮތަސް، ބިލަށް ގެނެވުނު ބަދަލުތަކުން ދެން ރިޔާސީ ކޮމިޝަނެއް އުފައްދައި ހިންގާނެ ގޮތް ވަނީ ކޮމިޓީން އެކުލަވާލައިފަ އެވެ. 

ޖިނާއީ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ދެ ކޮމިޝަނަށް ދިނުމުގެ ބަދަލުގައި ޕީޕީއެމްގެ މެމްބަރުން ބޭނުންވީ އެ ބާރު ކަމާގުޅޭ މުއައްސަސާތަކަށް ދިނުމަށެވެ. ނަމަވެސް ޕީޕީއެމްގެ މެމްބަރުން ބޭނުންވި ގޮތަށް ބިލް ފާސްނުވެ، ނިމިގެން ދިޔައީ މިހާރު ވެސް ބިލްގައި އޮތްގޮތަށް ޖިނާއި މައްސަލަތައް ތަހްގީގުކުރަން ދެ ކޮމިޝަނަށް ބާރުދޭ ގޮތަށެވެ. 

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމުގެ ކޮމިޝަން އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބަލާ މައްސަލަތައް ދައުލަތުގެ އެހެން މުއައްސަސާތަކުން ބެލުން ހުއްޓުވުމުގެ ބާރު ވެސް ބިލުގައި ދީފައިވެއެވެ. އަދި އެހެން މުއައްސަސާއަކުން ހޯދާފައިވާ މައުލުމާތާއި ހޯދުންތައް އެ ކޮމިޝަންތަކާ ހަވާލު ކުރަން އެންގުމުގެ ބާރު އެ ދެ ކޮމިޝަނަށް ލިބެ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދެ ކޮމިޝަނުން ވެސް ބަލާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި މަރުގެ މައްސަލަތަކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ޑިސެންބަރ 2018 | ބުރާސްފަތި 09:43
އަހުމަދު
އޭގެ ކުރީގެ މަރުތަކުގެ އިންސާފު ކޮބާ؟ ޚިޔާނާތުގެ މައްސަލަތައް ކޮބާ ؟ ތިއީތަ ތިބުނާ އިންސާފު؟
13 ޑިސެންބަރ 2018 | ބުރާސްފަތި 07:57
އިންސާފް
ދެރަކަމަކީ ވަރަށް ރައްޔިތުންނާ ގުޅުންހުރި ރަނގަޅު ބިލުތަކެއްވައްދާއިފިއްޔާ ވަގުތުން ބޭރު ކޮށްލާ ކޮންމެ މީހަކު ހުށަހެޅިޔަސް ރަނގަޅު ބިލްތައްބަލައިގަނެ އެއާމެދު ވިސްނުން ހުރި. އެގޮތުން ބަލާއިރު ރީކޯ މޫސަ ހުޅަހެޅި ބޭރުމީހުން އެތެރު ކުރުމާބެހޭބިލާއި ޕާޓީ ތަކުގެ ދަރަނި ތަކާބެހޭ ބިލް ހިމެނޭ