ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 09:55
ފާޚާނާއެއް ހަދައިދިނުމަށް ހަނީފާ ޒާރާ އެދުނީ ނާސަރީގައި ކިޔަވަމުން
ފާޚާނާއެއް ހަދައިދިނުމަށް ހަނީފާ ޒާރާ އެދުނީ ނާސަރީގައި ކިޔަވަމުން
ބީބީސީ
އިންޑިއާ
ފާޚާނާއެއް ނުބަހައްޓައިގެން އިންޑިއާ ކުއްޖަކު ބައްޕަ ގޮވައިގެން ފުލުހަށް
އިންޑިއާގައި 500 މިލިއަނެއްހާ މީހުން އަދިވެސް ބޮޑުކަމުގޮސް އުޅެނީ ހާމަ ތަންތަނަށް

ފާޚާނާއެއް ހަދައިދޭނެކަމަށް ބުނެ ބައްޕައަކައު ވީ ވައުދު ނުފުއްދުމުން އުމުރުން ހަތް އަހަރުގެ އިންޑިއާ ކުއްޖަކު އޭނާގެ ބައްޕަ ގޮވައިގެން ފުލުހަށް ގޮސްފިއެވެ.

ހަނީފާ ޒާރާ ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާގެ ބައްޕަ އޭނާއަށް "މަކަރު ހަދައިފި" ކަމަށާއި އެހެންވެ އޭނާ ހައްޔަރުކުރަން ޖެހޭނެކަމަށެވެ.

އިންޑިއާގައި އެތައްބަޔަކަށް އަދިވެސް ފާޚާނާއެއް ލިބިފައިނުވާއިރު ޔުނިސެފްގެ ހިސާބުތަކުން ދައްކާ ގޮތުގައި 500 މިލިއަނެއްހާ މީހުން އަދިވެސް ބޮޑުކަމުގޮސް އުޅެނީ ހާމަ ތަންތަނަށެވެ.

ފާހާނާ ލިބިފައިތިބި އެތައްބަޔަކުވެސް އެ ބޭނުން ނުކޮށް އުޅެމުންދެއެވެ.

ޓެމިލް ނާޑޫގެ އަމްބޫރު އަވަށުގައި ދިރިއުޅެމުންދާ ހަނީފާމެންގެ ގޭގައި ދުވަހަކުވެސް ފާޚާނާއެއް ނުބަހައްޓައެވެ.

ބީބީސީގެ ކިރިތިއްކާ ކައްނާންއަށް އިންޓަވިއުދެމުން ހަނީފާ ބުނެފައިވަނީ އޭނާގެ އަވަށްޓެރިންގެ ތެެެރެއިން ވަރަށް މަދު ގެއެއްގައި ނޫނީ ފާޚާނާ ނުހުންނަކަމަށެވެ. އެހެންވެ އެގޭގައި ފާޚާނާއެއް ހަދައިދިނުމަށް އޭނާ އެދުނީކަމަށެވެ. އޭރޫ އޭނާ އުޅެމުންދިޔައީ ނާސަރީގައެވެ.

"އަހަރެން ވަރަށް ލަދުގަނޭ ބޭރަށް ދާން އަދި އަހަންނަށް ވަރަށް އުނދަގޫ މީހުން އަހަންނަށް ބަލާތީ" ހަނީފާ ބުންޏެވެ.

ހާމަ ތަންތަނަށް ބޮޑުކަމުދިއުމުން ދިމާވާ ސިއްހީ މައްސަލަތައް ސްކޫލުން އެނގި ހަނީފާވަނީ ފާޚާނާއެއް ހޯދުމުގެ ޝައުގުވެެރިކަން އިތުރަށް ބޮޑުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް