ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 08:42
މީހަކު ޔެލޯ ވެސްޓް ޖެކެޓް އަޅައިގެން - މިސްރުގައި ޔެލޯ ވެސްޓް ވިއްކުންވަނީ މަނާކޮށްފައި
މީހަކު ޔެލޯ ވެސްޓް ޖެކެޓް އަޅައިގެން - މިސްރުގައި ޔެލޯ ވެސްޓް ވިއްކުންވަނީ މަނާކޮށްފައި
ރޮއިޓަރސް
ޔެލޯ ވެސްޓް
މިސްރުގައި ޔެލޯ ވެސްޓް ވިއްކުން މަނާކުރަނީ
ގަވާއިދަށް އަމަލު ކުރަން ޖެހެނީ ޖެނުއަރީ މަހާއި ހަމަޔަށް

މިސްރުގައި ޔެލޯ ވެސްޓު ވިއްކުން މަނާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިސްރުން ޔެލޯ ވެސްޓް ވިއްކުން މަނާކުރަން ނިންމާފައިވަނީ ފުރާންސުން ކުރަމުންދާ "ޔެލޯ ވެސްޓް" މުޒާހަރާއިގެ ބައިވެރިން އަޅައިގެން ތިބޭ ޔެލޯ ވެސްޓް ޖެކެޓް ނަކަލަކަށް ނަގައިގެން މުޒާހަރާ ކޮށްފާނެކަމުގެ ބިރުހީވެފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިސްރުގެ މިނިންމުން އައިސްފައިވަނީ 2011 ވަނަ އަހަރު އެ ގައުމުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ދެކޮޅަށް ކުރި މުޒާހަރާއަށް އަންނަ މަހު ހަތް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުގައި އަންނަ މަހު މުޒާހަރާ ކޮށްފާނެ ކަމަށާއި، މުޒާހަރާގެ ބައިވެރިން ޔެލޯ ވެސްޓް ބޭނުންކޮށްފާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ޔެލޯ ވެސްޓް ހަމައެކަނި ވިއްކޭނީ ހޯލް ސޭލްކުރާ ފިހާރަތަކުން ކަމަށާއި، އެކަމަށް ފުލުހުންގެ ހާއްސަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރީޓެއިލް ފިހާރަތަކުން އެއްވެސް ގޮތަކަށް ނުވިއްކުމަށް ވަނީ އަންގާފައިއެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައިއެވެ.

ވެރި ރަށް ގާހިރާގެ ދެ ފިހާރައަކުން އެއްވެސް ގޮތަކަށް ނުވިއްކާ ކަމަށް އެފިހާރަތަކާއި ހަވާލާދީ ގާޑިއަން އިން ރިޕޯޓްކުރެއެވެ.

މި ގަވާއިދަށް އަންނަ އަހަރު ޖެނުއަރީ މަހާ ހަމަޔަށް އަމަލުކުރަން ޖެހޭނެ ކަމަށް ސެކިއުރިޓީ އޮފިޝަލުން ބުނެއެވެ. އަދި ހަމައެއާއި މީގެ ހަފްތާއެއް ކުރިން މިކަމާއި ބެހޭ މައުލޫމާތު ވިޔަފާރި ވެރިންނަށް ދީފައިވާ ކަމަށްވެސް ސެކިއުރިޓީ އޮފިޝަލުން ވަނީ ހަމާކޮށްފައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް