Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 19:23
މިނިސްޓަރ ޝާހިދު ޔޫއެން އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އާއިއެކު
މިނިސްޓަރ ޝާހިދު ޔޫއެން އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އާއިއެކު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ ޝާހިދު
އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްއާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި
އިންސާނީ ހައްޤުތަކާއި، ދެމެހެއްޓެނިވި ތަަރައްޤީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ގޮތުން އދއިން ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެހީވަމުންދާނެ

އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖަންކާއާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން އޮތީ ބުދަ ދުވަހު ފޮރިންގ މިނިސްޓްރީގައެވެ. އެ މިނިސްޓްރީއިން ބުނީ މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ރާއްޖެއާއި އދ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުންކަމަށެވެ. އަދި މީގެ އިތުރުން އިންސާނީ ހައްޤުތަކާއި، ދެމެހެއްޓެނިވި ތަަރައްޤީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ގޮތުން އދއިން ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެހީވަމުންދާނެކަމަށް އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖަންކާ ވިދާޅުވިކަމަށް އެމިނިސްޓްރީއިން ބުނެއެވެ. 

ޖަޕާނު ސަފީރުގެ ޝަރަފުގައި ބޭއްވި ފަރިއްކޮޅުގެ ތެރެއިން

މީގެ އިތުރުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއިން ޖަޕާނުގައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ، އެމަނިކުފާނުގެ ދައުރު ފުރިހަމަ ކުރައްވައި، އެނބުރި ވަޑައިގަންނަވާތީ، ސަފީރުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ބާއްވާފައެވެ. މި ފަރިއްކޮޅުގައި ޚާރިޖީ ވުޒާރާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް