Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 16:35
ރައީސް ސޯލިހް ގެމަނަފުއްޓަށް ވަޑައިގަތުން
ރައީސް ސޯލިހް ގެމަނަފުއްޓަށް ވަޑައިގަތުން
ރާއްޖެ އެމްވީ
މަސްވެރިންގެ ދުވަސް
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ސޯލިހް ގެމަނަފުއްޓަށް ވަޑައިގެންފިި
އެ ރަށު ރައްޔިތުން ވަނީ ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާފައި

ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގއ. ގެމަނަފުއްޓަށް ވަޑައިގެންފި އެވެ. 

ރައީސް ސޯލިހް ގެމަނަފުއްޓަށް ވަޑައިގެންނެވުުމުން އެމަނިކުފާނަށް މަރުހަބާ ދެންނެނީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން އެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ އާމުންވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެވަޑައިިގެންނެވި އެވެ. 

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިިވެރިވަޑައިގަންނަވާނެ އެވެ. 

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް