Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 13:09
ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ (ކ-2) ރާއްޖެޓީވީގެ ޓީމަކާއިއެކު ބްރޯޑްކޮމް އާއި ބައްދަލުކުރަނީ
ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ (ކ-2) ރާއްޖެޓީވީގެ ޓީމަކާއިއެކު ބްރޯޑްކޮމް އާއި ބައްދަލުކުރަނީ
ރާއްޖެ އެމްވީ
ނޫސްވެރިކަމުގެ އެވޯޑް
ނޫސްވެރިކަމުގައި ވޭތިވެ ދިޔަ 7 އަހަރަކީ ނޫސްވެރިކަމުގެ 75 އަހަރާއި އަޅާ ނުކިޔޭނެ ދުވަސްތަކެއް: ފިޔާޒް
މިއަހަރުގެ މާރޗްމަހުގެ 16 ވަނަ ދުވަހަކީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ހިތާމަވެރި އެއްދުވަސް
ވަކި ޚަބަރެއް ނުވަތަ ވަކި މީހެއްގެ ޚަބަރެއް ނުޖެހުމަށް ބޮޑަތި އަދަދުތަކުން ފައިސާ ހުށައެޅި
ނޫސްވެރިކަމަކީ ގިނަވަގުތު އެކަމަކަށް ހޭދަކޮށްގެން ނޫނީ ނުކުރެވޭނެ މަސަކަތެއް

ވޭތުވެ ދިޔަ 7 އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރާއި އަޅާ ނުކިޔޭނެ 7 އަހަރުކަމަށް ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޔާޒް ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކަކީ ނޫސްވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަތި ގޮންޖެހުންތަކާއި ކުރިމަތިވި އަހަރެއް ކަމަށާއި އަދި މިދައިރާގައި މަސައްކަތް ކުރަމުންދާ ގިނަ ނޫސްވެރިން ތަކަށްކަށް ވަރަށް ބޮޑަތި އަނިޔާ ތަކެއް ލިބުނު އަހަރެއް ކަމަށެވެ.

އެގޮތުން މިއަހަރުގެ މާރޗްމަހުގެ 16 ވަނަ ދުވަހަކީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ހިތާމަވެރި ތަޖުރިބާ ކުރަންޖެހުނު ދުވަސްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެދުވަހު ރާއްޖެ ޓީވީގެ ތިން ނޫސްވެރިން އެއްފަހަރާ ބަންދުކޮށް ޖަލަށް ގެންދެވުނު ކަމަށެވެ.

ފިޔާޒް ވިދާޅުވީ ވަކި ޚަބަރެއް ނުވަތަ ވަކި މީހެއްގެ ޚަބަރެއް ނުޖެހުމަށް ބޮޑަތި އަދަދުތަކުން ފައިސާ ހުށަހެޅިގެން ދިޔަކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއްގެ އަވާގައި ނުޖެހި ތެދުވެރިކަމާއި ހިތްވަރާއި އެކު މަސައްކަތް ނުކުރިނަމަ މިއަދު މިހާހިސާބަށް ނާދެވެނެކަމަށެވެ.

ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ހިތްޕުޅު ހަމަޖެހުނު ދުވަސްތަކަކީ ރާއްޖެ ޓީވީގައި ސީއޯއޯ އެއްގެ ގޮތުގައި މަސައްކަތްކުރެއްވި ތިން އަހަރާއި ބައިގެ މުއްދަތު ކަމަށާއި، ރާއްޖެ ޓީވީގެ މުވައްޒަފުން ފާހަގަކުރަނީ ވަރަށް ކެރޭ ހިތްވަރުގަދަ ނޫސްވެރިންތަކެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.  އެގޮތުން އަންގާރަ ދުވަހުގެ ރޭ އޭނާއަށް ލިބިލެއްވި ނޫސްވެރިކަމުގެ ރަން ގަލަން އެވޯޑުގެވެސް ހަގީގީ ހައްގުވެރިންނަކީ ރާއްޖެ ޓީވީގެ މުވައްޒަފުންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފިޔާޒް އިތުރަށް ވިދާޅުވީ ނޫސްވެރިކަމަކީ 8 ގަޑިއިރުގެ މަސައްކަތެއް ނޫންކަމަށާއި އެއީ ވަރަށް ގިނަވަގުތު އެކަމަކަށް ހޭދަކޮށްގެން ނޫނީ ނުކުރެވޭނެ މަސަކަތެއް ކަމުގައެވެ.

އޭގެ އިތުރުން މުރާލި ކަމާއި ހީވާގި ކަމާއި އިޚްލާސްތެރިކަމަކީ ކޮންމެ ނޫސްވެރިއެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތަކެއް ކަމުގައި އޭނަ ވިދާޅުވިއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ހިދުމަތް ކޮށްދިނުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ ނޫސްވެރިކަމުގެ ރަން ގަލަން ފިޔާޒު އަށް ލިބިފައިވަނީ ނޫސްވެރިކަމުގެ އަލިމަސްޔޫބިލް ފާހަގަކުރުމަށާއި ވޭތުވެ ދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ލިބުނު ފަރާތްތަކަށް އިނާމު ދިނުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް