Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 11:26
ކުރީގެ ޕޮލިސް ކޮމިޝަނަރ ހަމްދޫން
ކުރީގެ ޕޮލިސް ކޮމިޝަނަރ ހަމްދޫން
ޓްވިޓަރ
ފުލުހުންގެ އިދާރާ
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ހަމްދޫން ވަކިކޮށް އެކްޓިންގ ކޮމިޝަނަރުކަމަށް އެމްސީ ހަމީދް
އެމްސީ ހަމީދަކީ ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވި ކޮމާންޑަރަކީ ހަމްދޫން

ޕޮލިސް ކޮމިިޝަނަރުގެ މަގާމުން ހަމްދޫން ރަޝީދު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބުދަ ދުވަހު ވަކިކުރައްވައިފިއެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ބޮޑުތަފާތަކުން ނާކާމިޔާބުވެވަޑައިގެންފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ކޮމިޝަނަރގެ މަގާމަށް ހަމްދޫން އައްޔަންކުރެއްވީ އޯކްޓޯބަރ މަހުގެ އެއް ވަނަ ދުވަހުއެވެ. 

ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާގައި ރައީސް ޔާމީން އެ ބަދަލު ގެންނެވުމުން ރައީސް ސޯލިހުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެއެވެ. ފުލުހުންގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ހަމްދޫން އަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ކޮމާންޑަރެވެ.

ކޮމިޝަނަރުގެ މަގާމުން ހަމްދޫން ވަކިކުރެއްވުމަށްފަހު އެކްޓިން ކޮމިޝަނަރގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަނީ އަންޔަން ކުރައްވާފައިވާކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވިއެވެ.

މުހައްމަދު ހަމީދަށް އެސިސްޓެންޓް ކޮމިޝަނަރގެ މަގާމު ހަވާލުކުރައްވާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު 

ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމައި ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން މިމަހުގެ ދެވަނަ ދުވަހު ކުރި ހުކުމާއެކު ހަމީދު އަލުން ފުލުހުންގެ ވަޒީފާއަށް ނެރެ އެސިސްޓެންޓް ކޮމިޝަނަރގެ މަގާމު ހަވާލުކުރައްވާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް