Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 09:45
ޑެންގީ ބަލި ޖައްސާ މަދިރިއެއް
ޑެންގީ ބަލި ޖައްސާ މަދިރިއެއް
ގޫގުލް
ބަލި ފެތުރުން
ބޭރަށް ހިންގުމާއި ޑެންގީ ފެތުރެނީ! ސަމާލުވޭ!
މިދިޔަ އަހަރުގެ މިމުއްދަތަށް ބަލާއިރު ފަސް ޕަސެންޓް އިތުރު އަދަދެއް

ބޭރަށް ހިންގުމާއި ޑެންގީ ފެތުރެމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. 

އެޗްޕީއޭއިން ބުނީ  ބޭރަށް ހިންގުމާއި ހޮޑުލުމުގެ 1666 ކޭސް މިދިޔަ ހަފްތާގައި  ރިޕޯޓް ކޮށްފައިވާ ކަމަށާއި ޑެންގީ ހުމުގެ 186 ކޭސް މިދިޔަ ހަފްތާގައި ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިއަދަދަކީ މިދިޔަ އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު ފަސް ޕަސެންޓް އިތުރު އަދަދެއްކަމަށާއި، ސާފު ފެން ބޭނުންކުރުމާއި މަދިިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށާއި، ފެން ހަރު ނުލާގޮތަށް ތަކެތި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބަލިވެ އުޅޭ މީހުންނާ އެހާ ބޮޑަށް ކައިރިވެ ނޫޅުމަށާއި، ރައްކާތެރި ގޮތުގައި ތައްޔާރުކުރެވިފައި ހުންނަ ކާބޯތަކެތި ބޭނުން ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.  

މީގެ އިތުރުން ރޯގާޖެހި ކެއްސާ ހަދާކަމުގައިިވާނަމަ، މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިޔަށް ނުދިއުމުގެ އިތުރުން ސާފުކޮށް އަތްދިވެ ހެދުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް